ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީއަލީގައި ފިހުނު ބިދޭސީ މީހާގެ ހާލު ސީރިއަސްވެގެން މާލެ ގެންނަނީ

43

ފ. ފީއަލީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ފުހުނު ބިދޭސީ މީގެ ހާލު ސީރިއަސްވެ މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެނގިފައިވާގޮތުގައި އެމީހާގެ ހަށިގަނޑުގެ %60 ވަނީ ފިހިފައެވެ.

ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ ބަންގްލަދޭޝްގެ ޑެލޯވާ ނަމަކަށް ކިޔާ 39 އަހަރުގެ ބިދޭސީއެކެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު 09:30 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ވެސް ވަނީ މި ހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 10:35 ހާއިރުއެވެ.

ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކާއި އަދި ފީއަލީގެ އައިސްޕްލާންޓު ވަނީ އަނދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6249193758490562312 y

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

43

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދަނީ