ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާއި އެމެރިކާއާ ދެމެދު ވާހަކަތައް ފެށިދާނެ ކަމާމެދުވެސް ސުވާލު އުފެދޭން ފަށައިފި

ދެ ހަފްތާއަށް ހަނގުރާމަ ހުއްޓާލައި އެއްބަސްވުމެއް ހެދުމަށް އެމެރިކާއާއި އީރާނާ ދެމެދު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހޮނިހިރު ދުވަހު ހެނދުނު ވާހަކަތައް ފެށުމަށް ތާވަލް ކުރެވިފައި ވާއިރު، ވާހަކަތައް ބޭއްވިދާނެ ކަމާމެދުވެސް މިހާރު ސުވާލު އުފެދޭން ފަށައިފިއެވެ.

އެންމެ މުހިންމު ކަމަކީ، ލުބުނާނަށް ހަމަލާދިނުން ހުއްޓާލަން އީރާނުން ހުށަހަޅާފައިވާ ހުށަހެޅުން އެމެރިކާއިން ގަބޫލު ނުކުރާކަން ފަހުން ހާމަކޮށް އަދި އިސްރާއީލުން ހުއްޓާނުލާ ލުބުނާނަށް ބޮންއަޅަމުންގެންދާ މައްސަލައެވެ.

އީރާނުގެ އެކިއެކި އޮފިޝަލުން ގެންދަވަނީ، އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާ ނުލާނަމަ އީރާނު ވާހަކަތަކުން ވަކިވެދާނޭ ކަމުގެ އިންޒާރުތައް ދެމުންނެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދަނީ، ލުބުނާނަށް ހަމަލާ ދިނުމަކީ، އީރާނުން ހުށަހެޅި ނުކުތާތަކަށް އެމެރިކާއިން ފުރަތަމަ އެއްބަސްވުމަށްފަހު ކަނޑައެޅިގެން އެ އެއްބަސްވުމާ ޚިލާފް އަމަލެއް ކަމަށެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާ އާއި އިސްރާއީލުން ޚިލާފްވެފައިވާ ކަމަށެވެ.

އެމެރިކާއިން ރޭގައި ބުނެފައިވަނީ، އީރާނުން ހުށަހެޅި 10 ނުކުތާ އެމެރިކާ ބަލައި ނުގަންނަ ކަމަށެވެ. އެމެރިކާއިން ގެންގުޅޭ ސްޓޭންޑް އީރާނުންވެސް ގަބޫލެއް ނުކުރެއެވެ. އެހެންކަމުން، ވާހަކަ ދައްކާނެ ނުކުތާތަކެއް ނުވަތަ ޕްލޭނެއް މިވަގުތު މޭޒުމައްޗަކު ނެތެވެ.

ވާހަކަތަކުގައި ބައިވެރިވާ އީރާނުގެ ވަފުދު މިރޭގެ ވަގުތެއްގައި ޕާކިސްތާނަށް ދާނޭ ކަމަށް ވިދާޅުވެ، އީރާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖް ފަހުންވަނީ ޑިލީޓް ކުރައްވާފައެވެ.

މިކަމާ ގުޅިގެން ސުވާލު އުފެދިފައި ވާއިރު، އެމެރިކާ ވަފުދުގެ ވެރިޔަކަށް ހަމަޖެއްސި ނައިބް ރައީސް ޖޭޑީ ވެންސް، ސަލާމަތީ ސަބަބުތަކަށްޓަކައި ޕާކިސްތާނަށް ނުދާނޭކަމުގެ އަޑުތަކެއްވެސް ދަނީ ފެތުރެމުންނެވެ.

އެމެރިކާ އަދި އީރާނު ފަޅިން މިހާރު ފެންނަމުންދާ މަންޒަރުތަކާއި، އިވޭ އަޑުތަކަށް ބަލާއިރު ވާހަކަތައް ފެށިދާނެ ކަމާމެދުވެސް ސުވާލުތައް އުފެދިފައި ވެއެވެ.

އީރާނުން ތަކުރާރުކޮށް ގެންދަނީ، އިސްރާއީލު ހުއްޓުވަން އެމެރިކާއަށް ގޮވާލަމުންނެވެ. އެމެރިކާއިން އިސްރާއީލު ނުހުއްޓުވައިފިނަމަ ލުބުނާނުގެ ހައްގުގައި އިސްރާއީލަށް ހަމަލާތައް ދޭން ފަށާނޭ ކަމަށްވެސް އީރާނުން ގެންދަނީ އިންޒާރު ދެމުންނެވެ. އީރާނުގެ މިސައިލް ފައުޖުތައް މިހާރު ވަނީ ތައްޔާރީ ހާލަތަށްވެސް ގެނެސްފައެވެ.

އިސްރާއީލުން ލުބުނާނަށް ޓެރަރިސްޓު ހަމަލާތައްދީ އެތައް ބަޔަކު މަރައި، ތަންތަނަށް ބޮޑެތި ގެއްލުންތައް ދޭން ފެށުމުން އީރާނުން މިހާރު ވަނީ ހޮރްމޫޒު ކަނޑުއޮޅި މުޅީން ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާން ނުހިމެނޭ ކަމަށްބުނެ ޒަޔަނިސްޓުން ލުބުނާނަށް ބޮންއަޅައި އެތައްބަޔަކު މަރައިފި

ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރެވޭނީ އީރާނު އަސްކަރިއްޔާއާ ކޯޑިނޭޓްކޮށްގެން: އީރާނު ޚާރިޖީ ވަޒީރު

އީރާނުން ދޫނުދިނުމުން ދެ ހަފްތާއަށް ހަމަލާތައް ހުއްޓާލަން ޓްރަމްޕް އެއްބަސްވެއްޖެ

އީރާނުގެ އިންޖީނުގެތަކާއި ބްރިޖްތައް ގޮއްވައި ހަނގުރާމައިގެ ޖަރީމާތައް ހިންގަން ޓްރަމްޕް ތައްޔާރުވެއްޖެ