ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަރިޔަންދު ޕީއެންއެފް އަށް ސޮއިކުރައްވައިފި

Zariyandhu

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ތާއިދާއެކު ވާދަކުރެއްވި އިސްމާޢީލް ޒަރިޔަންދު، ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ރަސްމީކޮށް ސޮއިކުރައްވައިފިއެވެ.

އޮޑިޓިން އަދި އެކައުންޓިން ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން، ފުޓްބޯޅަ ކީޕަރެއްގެ ގޮތުގައި އާންމުންގެ މެދުގައި މަގުބޫލުކަން ހޯއްދަވާފައިވާ ޒަރިޔަންދު، ޕީއެންއެފް އަށް ސޮއިކުރެއްވީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. އޭނާގެ މެންބަޝިޕް ފޯމާ ހަވާލުވެލެއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެވެ.

ޒަރިޔަންދު ޕީއެންއެފް އަށް ސޮއިކުރައްވާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު މާލޭގެ މޭޔަރު ހޮވުމުގެ އިންތިޚާބަށް ފަހުގައެވެ. މި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި، ޒަރިޔަންދަށް ލިބިވަޑައިގަތީ 6،302 ވޯޓެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އިންތިޚާބުގައި ނުކުމެވަޑައިގެންނެވި ޒަރިޔަންދު މިހާރު ވަނީ ރަސްމީކޮށް އެމަނިކުފާނުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފަށްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IBRAHIM SHALEEZ

ކ. ގުރައިިދޫ ކައުންސިލްގެ ގޮނޑިވެސް ކޮންގްރެސް ޕާޓީއަށް ކަށަވަރުވެއްޖެ

ޕީއެންއެފްގެ ރައީސްކަމަށް ޔާމީން އަދި ނައިބުންނަށް ޖަމީލާއި ޒެއިން ހޮވިއްޖެ

Yameen

ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި

ޕީއެންއެފްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި