ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަޕޯ މަޤާމުން ދުރުކުރަން ސޮއި ހަމަކުރަނީ!

MDP Gafoor

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ, ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޕާޓީގެ ގައުމީ މަޖިލިހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ޤައުމީ މަޖިލީހަށް ހުށައެޅުމަށް ސޮއި ހަމަކުރުމަށް ކުރިއަށްގެންދާ ޕެޓިޝަނުގައި ރެޔާއި ހަަމައަށް ފަންސާހަށްވުރެ ގިނަ ސޮއި މިހާރު ލިބިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންގެ މަޤާމަށް ގަޕޯ އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު  މަހުގެ 8 ވަނަ ދުވަހުއެވެ. އޭނާ އެމަޤާމަށް އައްޔަންކުރަންކުރީ ޤައުމީ މަޖިލީހުގެ  65 މެމްބަރުންގެ ތަޢީދާއެކުއެވެ.

ގައުމީ މަޖިލިހުގެ 10 މެމްބަރަކު ސޮޔާއެކު ހުށަހަޅައިފި ނަމަ ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވައިދޭން ލާޒިމްކުރެއެވެ.

ވަގުތީ ޗެއަރޕސާންގެ މަޤާމުން ގަޕޯ ދުރުކުރުމުގެ މަސައްކަތް ފެށީ  ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާ ކަމަށް ގަޕޯ ސޮއިކުރެއްވި ސިޓީއެއް ފޮނުވި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން އަނެއްކާވެސް ހޫނުވީ މިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭގައި ބޭއްވި ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދިނުމަށް ފަހު، ފަހުން އެޖެންޑާއިން އެ އެ ފުރުޞަތު ނުދީ އުނިކުރުމުންނެވެ. މިއާއެކު ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ އެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އެމްޑީޕީގެ ޗެއާފާސަންގެ ނައިބު އިބުރޭ ވެސް މަގާމުން ވަކިކޮށްފި

43

ނަޝީދާއި ސޯލިހު ފެކްޝަންގައި މައްސަލަޖެހި، ޖަލްސާގައި ނަޝީދަށް ވާހަކަދައްކަން ފުރުސަތު ނުދިނުމުން ހޫނުވެއްޖެ

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި