ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާގައި ފަށަނީ

Majlis
MAJLIS
TTH_Ads
Maldivian_Ads
STO_Ads
Advertisement

އެއް މަސްދުވަހުގެ މެދުކެނޑުމަކަށްފަހު  ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މަޖިލީހުގެ ޖަލްސާތައް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މާރިޗް މަހުގެ 8 ވަނަ ދުވަހުއެވެ.އެއަށްފަހު ރަމަޟާން މަހުގެ ފަހު 10 އަކަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތައްވެސް މެދުކަނޑާލިއެވެ.

މަޖިލިސް އިދާރާއިން ބުނީ ޖަލްސާތައް މެދުކެނޑުމަކަށްފަހު އަންނަ ހަފުތާގައި ފަށާނެ ކަމަށެވެ. އެގޮތުން، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 6ވަނަ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. ނަމަވެސް އަންނަ ހަފްތާގައި ފަށާ ޖަލްސާތަކުގައި ކުރާ މަސައްކަތްތަކެއް ހާމަ ނުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގައި ސަރުކާރުގެ ފަރާތުން ގިނަ ބިލުތަކެއް ހުށަހެޅުއްވުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މަރުގެ އަދަބު ދިނުމާ ގުޅޭ ބިލަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

HajjCop_ads
Advertisement

މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނީ ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދައުރު މެއި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މި ދައުރު ދަންމާލެވޭނީ މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ ވޯޓުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

masverin

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި