ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު ހަދާތީ މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްއާ ހަމައަށް އޮންނަ ސަރަޙައްދު ބަންދު ކޮށްފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރަމުންދާތީ މަސްވެރިންގެ ޕާކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަމައަށް އޮންނަ ސަރަޙައްދުގެ ފަޅާއި މަގު މިއަދުން ފެށިގެން ބަންދުކޮށްފިއެވެ.

މަޝްރޫޢުގެ މަސައްކަތްކުރާ އެމްޓީސީސީއިން އިއްޔެ އާއްމުކުރި މަޢުލޫމާތުގައި ބުނީ، އެ ސަރަޙައްދު ބަންދުކުރަނީ، ބޮޑުތަކުރުފާނު މަގުގެ ފިޔަވަހި 1 ގެ ސެގްމަންޓް 2 އިން ފެށިގެން 4 އާ ހަމައަށް ޝީޓްޕައިލް ކުރުމަށް ކަމަށެވެ. އެގޮތުން، އޭޕްރީލް 8 އިން ޖުލައި 4 ގެ ނިޔަލަށް މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްއާ ހަމައަށް އޮންނަ މަގާއި އަދި މަގާއި އިންވެގެން އޮންނަ ފަޅު ބަންދުކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

“ވީމާ، މި ސަރަޙައްދުގެ ފަޅުގައި މިވަގުތު އަޅާފައި އޮތް ދޯނިތަކާއި ލޯންޗުތައް ހުސްކޮށްދެއްވުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި، މިކަމުގެ ސަބަބުން އާންމު ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދެމެވެ.” އެމްޓީސީސީއިން އިއްޔެ އާއްމުކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ، ސަރަޙައްދު ބަންދުކުރުމާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ 1650 ނަންބަރަށް ގުޅޭނެ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެ އެވެ. އަދި، ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމްވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވެ އެވެ.

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި މިހާރު ވަނީ އާއްމުންނަށް ހުޅުވާލާފައެވެ. ސަރުކާރުގެ އަމާޒަކީ މިހާރު ފަށާފައިވާ މަސައްކަތް ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HFdEq6vbkAAw9oH

ބޮޑުތަކުރުފާނު މަގު ސެގްމެންޓް ހަތަރެއްގެ ޝީޓް ޕައިލިން މަސައްކަތް ފަށައިފި

ހިތާދޫ ބިން ހިއްކަން ތައްޔާރުވެއްޖެ

ޓެކްސީ ލައިންގެ ޚިދުމަތް ފުރަތަމަ ހަފްތާގައި ހިލޭ

އައްޑޫގައިވެސް ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަނީ