ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރެވޭނީ އީރާނު އަސްކަރިއްޔާއާ ކޯޑިނޭޓްކޮށްގެން: އީރާނު ޚާރިޖީ ވަޒީރު

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ

ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ހޮރްމޫޒު ކަނޑުއޮޅި އާންމުކޮށް ހުޅުވާލާނެއެވެ.

އެހެން ނަމަވެސް، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީވަނީ، ހޮރްމޫޒު ހުޅުވާލެވޭނީ އީރާނުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށްކަމަށް ވަނީ އިޝާރާތް ކުރައްވާފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، އެއްވެސް ތެޔޮ ޓޭންކަރެއް އަދި މުދާ އުފުލާ އާގުބޯޓެއް ހޮރްމޫޒު ހުރަސްކުރަން ބޭނުންވާނަމަ އެކަން ކުރަން ޖެހޭނީ އީރާނު އަސްކަރިއްޔާއާ ކޯޑިނޭޓް ކޮށްގެން ކަމަށެވެ.

ހަމަލާތައް ދެ ހަފްތާއަށް ހުއްޓާލުމަށް އީރާނުންވެސް އެއްބަސްވެއްޖެކަން ހާމަކޮށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވެސް ބުނެފައިވަނީ، ހޮރްމޫޒު ކަނޑުއޮޅި ހުޅުވާލި ނަމަވެސް އެ ކަނޑުއޮޅި އޮންނާނީ އީރާނުގެ ފުރިހަމަ ކޮށްޓްރޯލްގެ ދަށުގައި ކަމަށް ބުނެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި ބަޔާނުގައި ބުނެފައިވަނީ، ހޮރްމޫޒު ކަނޑުއޮޅި. އެއްކޮށް އަދި ވަގުތުން ހުޅުވާލުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނަނީ، ކުރިއަށްއޮތް ދެ ހަފްތާގައިވެސް ހޮރްމޫޒު ކަނޑުއޮޅިން ދެން ދަތުރު ކުރެވޭނީ ފީއެއް ދީގެން ކަމަށާއި، ފީ ނެގުމުގެ ކަންކަން ކުރިއަށްދާނީ އީރާނާއި އުމާން ކޯޑިނޭޓްކޮށްގެން ކަމަށެވެ. އީރާނާއި އުމާނަކީ ހޮރްމޫޒުގެ ދެބިތުގައި އޮންނަ ދެ ގައުމެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށް އީރާނުން ހުށަހަޅާފައިވާ ޕްލޭންގައިވެސް ހޮރްމޫޒުން ފީ ނެގުން ހިމަނާފައި ވެއެވެ. އެއީ، އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް އޮންނަ ގޮތަށް އައު އުސޫލެއް ހެދުމަށް ހުށަހަޅާފައިވާ ހުށަހެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ދޫނުދިނުމުން ދެ ހަފްތާއަށް ހަމަލާތައް ހުއްޓާލަން ޓްރަމްޕް އެއްބަސްވެއްޖެ

އީރާނުގެ އިންޖީނުގެތަކާއި ބްރިޖްތައް ގޮއްވައި ހަނގުރާމައިގެ ޖަރީމާތައް ހިންގަން ޓްރަމްޕް ތައްޔާރުވެއްޖެ

ކްލަސްޓަރ މިސައިލްތައް ހުއްޓުމެއްނެތި އިސްރާއީލަށް އަމާޒުވަނީ، ތަންތަން ގޮވައި އިސްރާއީލު ހަލާކުވަނީ

ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަކަށް ހޮރްމޫޒެއް ނުހުޅުވޭނެ: އީރާނު ސަރުކާރު