ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު، އަސްމާ ރަޝީދު އެ ޕާޓީން ވަކިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް، ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ދޮގުކުރައްވައިފިއެވެ.
އަސްމާ ސަރުކާރާ މެދު ނުރުހުންފާޅުކޮށް ވާހަކަދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ލީކްވެފައެވެ. މިކަމާ ގުޅިގެން އޭނާ ޕީއެންސީން ވަކިކުރަން އުޅޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅޭގޮތުން ފަލާހު ވިދާޅުވީ އެއީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އަސްމާގެ މައްސަލައެއް ވެސް ބަލަން ނިންމާފައިނުވާ ކަމަށާއި އޭނާ ޕާޓީން ވަކިކުރަން ވެސް ނިންމާފައިނުވާ ކަމަށެވެ.
އަސްމާގެ ދަރިކަލުން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އޭނާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ މަގާމުން ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު