ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތާއީދުކޮށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް މޫސާ އަލީ ޖަލީލްގެ ޝުކުރު

ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓްތައި ކުރިމަތިލުމުން ތާއީދުކޮށް ވޯޓުދެއްވި ހުރިހާ އެންމެނަށް މޫސާ އަލީ ޖަލީލް ޝުކުރު އަދާކޮށްފިއެވެ.

އިންތިހާބުގައި ކާމިޔާބީ ހާސިލްކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަދި މިހާރުގެ މޭޔަރު އާދަމް އާޒިމެވެ.

މޫސާ އަލީ ޖަލީލް ނެރުނު ބަޔާނެއްގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ދެއްވި ކަމަށްޓަކައި އަދި އެ އިންތިހާބުގައި ދެއްވި ބޮޑު އެހީތެރިކަަމަށްޓަކައި ޕީއެންސީގެ ރައީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ޕާޓީގެ ލީޑާޝިޕާއި އެންމެހާ މެންބަރުންނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

“މާލެ ސިޓީގެ މޭޔަރުކަމަށް އަޅުގަނޑަށް ވޯޓު ދެއްވި ހުރިހާ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރާ ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެކު ހަނދާން ބަހައްޓާނަަން.” މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.

އަދި އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައިވެއެވެ.

މޫސާ އަލީ ޖަލީލް ވިދާޅުވީ ރާއްޖެއަށް އަދި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އެދެނީ ފާގަތިކަމާއި ބާއްޖެވެރިކަން ތާއަބަދުމެ މާތްﷲ މިންވަރުކުރެއްވުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ފުވައްމުލަކު ދަޑިމަގު ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރުވެއްޖެ

election

ކައުންސިލް އިންތިޚާބެއްގައި 73 އިންސައްތަ މީހުން ވޯޓުލާފައިވޭ

police

އިންތިޚާބުގެ ކަންކަމުގައި އާންމުން ދިން އެއްބަރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި

Mayor Athif

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ އާތިފް ދިފާއު ކޮށްފި