ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ރިޝްވާން އިސްތިއުފާދެއްވައިފި

MPL Rishvan

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ. ހަބަރުގެ، މުހައްމަދު ރިޝްވާން، މިއަދު އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ރިޝްވާން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ގައެވެ. އެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ރިޝްވާނަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ޑީސީޕީ)ގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާ ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓަށްފަހު ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ އެކި މަގާމުތަކަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން މިއަދު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ މަގާމުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ތަރައްގީކުރާ އައު ވިޔަފާރި ބަނދަރުގެ “ޖިއޯ ޓެކްނިކަލް” ސަރވޭ ފަށައިފި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި