ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަޝީދާއި ސޯލިހު ފެކްޝަންގައި މައްސަލަޖެހި، ޖަލްސާގައި ނަޝީދަށް ވާހަކަދައްކަން ފުރުސަތު ނުދިނުމުން ހޫނުވެއްޖެ

43

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ލިބުނު ކާމިޔާބީއާ ގުޅިގެން އެމްޑީޕީން މިރޭ ބާއްވާ އުފާފާޅުކުރުމުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދެއްކެވުމަށް ފުރުސަތު ނުދެއްވުމުން އެ މައްސަލަ ހޫނުވެއްޖެއެވެ.

މައްސަލަ ހޫނުވީ ނަޝީދު އެ ޖަލްސާގައި ވާހަކަދައްކަވަން ހަމަޖެހިފައި އޮއްވައި އެމަނިކުފާނަށް ނާންގަވައި އެމަނިކުފާނަށް އެ ފުރުސަތު ނުދޭން ނިންމުމުންނެވެ.

ކުރިން ހަމަޖެހިފައި އޮތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ނަޝީދަށް ވެސް ފުރުސަތު ދޭގޮތަށެވެ. ނަމަވެސް ކުއްލިގޮތަކަށް ވަނީ އެ ދެ ބޭފުޅުންނަށް ވެސް ފުރުސަތު ނުދޭން ނިންމާފައެވެ. ބެލެވޭގޮތުގައި ސޯލިހުގެ ވާހަކަދެއްކެވުން އުނިކުރީ ނަޝީދުގެ ނަން ވެސް އުނިކުރަންވެގެންނެވެ.

މިހާރު އެޖެންޑާގައި އޮތީ ފަސް މޭޔަރުންނާއި، ޣަފޫރުގެ އިތުރުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވާ ގޮތަށެވެ.

މިކަމުގެ ސަބަބުން ނަޝީދަށް ތާއީދުކުރައްވާ ގިނަ ބޭފުޅުން ވަނީ މިރޭގެ ޖަލްސާ ބޮއިކޯޓްކޮށްފައެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ‏އިއްޔެ ގުޅައި، މިރޭ ޖަލްސާގައި ވާހަކަ ދައްކަން އެދުމުން ސްޕީޗް ވެސް ތައްޔާރުކުރި ފަހުން އޭނާއާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމިކަން އެންގި ކަމަށެވެ.

އެ ފުރުސަތު ނުދެނީ ކުރީގެ ރައީސް ސޯލިހުގެ ފެކްޝަނުން އަންގައިގެން ކަމަށް ތުހުމަތުކުރެވެއެވެ. މިކަމާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަކިއެއްޗެއް ވިދާޅެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MDP Gafoor

ގަޕޯ މަޤާމުން ދުރުކުރަން ސޮއި ހަމަކުރަނީ!

43

އެމްޑީޕީގެ ޗެއާފާސަންގެ ނައިބު އިބުރޭ ވެސް މަގާމުން ވަކިކޮށްފި

Ui

އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ނަޝީދު ފާޑުވިދާޅުވެއްޖެ

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު