ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކު ދަޑިމަގު ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރުވެއްޖެ

Ui

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލަކު ދަޑިމަގު ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ނަތީޖާ ވެސް އެއްވަރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އަބްދުލްގާދިރާއި އަމިއްލަގޮތުން ވާދަކުރެއްވި ޝީޒާ އިބްރާހީމް އަށް ވެސް ލިބިފައި ވަނީ 484 ވޯޓެވެ. އެ ދައިރާއަށް އިތުރު އެއްވެސް ކެންޑިޑޭޓަކު ވާދަކޮށްފައެއްނުވެއެވެ.

އައިޝަތު އަބްދުލްގާދިރަކީ މިހާރުވެސް ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރެކެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު ހިމެނޭހެން ބާކީ ހުރި ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.

ކައުންސިލް އިންތިހާބުގައި ސިޓީތަކުން އެމްޑީޕީ ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތާއީދުކޮށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް މޫސާ އަލީ ޖަލީލްގެ ޝުކުރު

election

ކައުންސިލް އިންތިޚާބެއްގައި 73 އިންސައްތަ މީހުން ވޯޓުލާފައިވޭ

police

އިންތިޚާބުގެ ކަންކަމުގައި އާންމުން ދިން އެއްބަރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި

Mayor Athif

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ އާތިފް ދިފާއު ކޮށްފި