ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

customs

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

އިތުރު ތަފްސީލު ދެމުން ކަސްޓަމްސްއިން ބުނީ މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައި ވާކަމަށެވެ.

އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލް އެވެ. މި ތަކެތީގެ ބަރުދަނުގައި 2174 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތީގެ މަަގުމަތީއަގު 1.7 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރުކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން އަންނަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އިމްޕޯޓް ޑިއުޓީ، ރޯޔަލްޓީ، ރެވެނިއު ފީ މާފުކޮށްދެވޭނެ އުސޫލު އާއްމުކޮށްފި

މާފަރުގައި ޤާއިމްކުރި ކަސްޓަމްސްގެ އިމާރާތް ހުޅުވައިފި

Police vcle

ރާއްޖެ އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ ކެނަބިސް ފަތް އަތުލައިގެންފި

customs

ކަސްޓަމްސްއަށް ދައްކަންޖެހޭ 600 މިލިޔަނަށްވުރެ ގިނަ ރުފިޔާ އޮތީ ނުދައްކާ: ކަސްޓަމްސް