ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޖާހް އެ މަޤާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ.ޔެލޯރޯޒް 2، މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި ކަަމަށެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ނަޖާޙް އައްޔަނު ކުރެއްވީ ޑިސެންބަރު 23, 2024 ގަ އެވެ. އޭގެ ކުރީން ފެނަކައިގެ އެމްޑީ އަކަށް ހުންނެވީ މުހައްމަދު މުއާޒު ރަޝީދު އެވެ. އޭނާ ވަނީ ޑިސެންބަރު 23, 2024 ގައި މަޤާމުން އިސްތިޢުފާ ދެއްވައިފަ އެވެ.
ކިޔުންތެރިންގެ ހިޔާލު