ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި ލޭބަލްކުރަމުން އައި އުކުޅަހާއި ރަސްދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް

Ui
އއ. އުކުޅަހު ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެއްވި ކެންޑިޑޭޓުން

އއ. އުކުޅަހު ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އަލީ ވަހީދެވެ. އޭނާއަށް 381 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ކެންޑިޑޭޓް ޝައުކަތު އިބްރާހީމަށް ލިބުނީ 308 ވޯޓެވެ. ޝައުކަތަކީ މިހާރުވެސް ކައުންސިލްގެ ރައީސެވެ.

ކައުންސިލްގެ އަންހެނުންނަށް ޚާސަކޮށްފައިވާ މެންބަރުކަން ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު ޒޫނާއެވެ. އޭނާއަށް 347 ވޯޓު ލިބުނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ރަނިއްޔާއަށް ލިބުނީ 326 ވޯޓެވެ.

އުކުޅަހު ކައުންސިލް މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިތުރު ދައުރަކަށް ވާދަކުރެއްވި މުހައްމަދު ހުސްނީ ވަނީ ބޮޑު ބައްޔަކުން ބަލިވެފައެވެ. ހުސްނީއަށް 283 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ޝަފްރާޒަށް 391 ވޯޓު ލިބުނެވެ.

އއ، ރަސްދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ވަހީދު ކާމިޔާބުކުރެއްވީ 364 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝަފީގަށް ލިބިފައި ވަނީ 309 ވޯޓެވެ.

ރަސްދޫ ކައުންސލްގެ އަންހުންނަށް ޚާއްސަކޮށްފައިވާ ގޮނޑު ކާމިޔާބު ކުރި ޒީނިޔާ އަބްދުއްސައްތާރަށް 364 ވޯޓު ލިބުނެވެ. އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ސަލީންއަށް ލިބުނީ 350 ވޯޓެވެ.

ރަސްދޫ ކައުންސިލްގެ މެންބަރުކަން ޕީއެންސީގެ ކެންޑިޑޭޓް 378 ވޯޓުން ކާމިޔާބުކުރިއެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޒަމީމަށް 303 ވޯޓު ލިބުނުއިރު، އަމިއްލަގޮތުން ވާދަކުރި އަބްދުއްރަހީމް އިބްރާހީމަށް 40 ވޯޓު ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދެއްވަދޫން ކޮންގްރެސް ކެންޑިޑޭޓުން ބޮޑުކޮށް ކުރި ހޯދާ ދެވަނަ ދައުރެއް ކަށަވަރު ކޮށްފި

ތ. ގުރައިދޫ 10 ގޮނޑިވެސް ކޮންގްރެސްއަށް

މާޅޮހުން ފަސް ގޮނޑިވެސް ކޮންގްރެސްއަށް

ކިނޮޅަސް ކައުންސިލްގެ ރައީސްކަން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް