ހުސްވި ފެބުރުއަރީމަހުގެ ތެރޭގައި ވަޑައިގަތުމަށް ނިންމެވި އުމްެރާ ދަތުރުފުޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިިއްޒުގެ ދެކަނބަލުން ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަންނަވަނީ މާދަމާ ކަމަށެެވެ.
މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންކަމަށާއި މި ދަތުރުފުޅާ ގުޅޭ ހުރިހާ ކަމެއް މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ހިޔާލު