އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. ބާރަށުގެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.
އިންތިހާބުގެ ކުރީން ވޯޓެއް ނެތި ބާރަށު ކައުންސިލްގެ ރައީސް ކަމުގެ މަގާމު ކޮންގްރެސްގެ ކެންޑިޑޭޓް ވަނީ ކަށަވަރު ކޮށްފަ އެވެ. އިއްޔެ އޮތް އިންތިހާބުގައި ވޯޓް ނެގުން އޮތީ މެންބަރު ކަމުގެ ހަތަރު މަގާމަށެވެ.
އެރަށު ރައްޔިތުން ވަނީ ވޯޓްގެ އަޣުލަބިއްޔަތުން ކޮންގްރެސްގެ ހަތަރު ކެންޑިޑޭޓުން އިންތިހާބު ކޮށްފަ އެވެ.
ބާރަށު ކައުންސިލްގެ މިހާރުގެ ރައީސަކީ އެމްޑީޕީ މެންބަރެކެވެ. އަދި މި ފަހަރުގެ އިންތިހާބުގައި ވެސް ކައުންސިލްގެ މެންބަރު ކަމުގެ ހަތަރު މަގާމަށް ވެސް އެމްޑީޕީން ކެންޑިޑޭޓުން ނެރުނެވެ.
އިއްޔެގެ އިންތިހާބުގައި ސިޓީތަކުގެ މޭޔަރުކަން ޕީއެންސީއަށް ގެއްލުނު ނަމަވެސް ގިނަ ރަށްރަށުން ޕީއެންސީންވަނީ ކައުންސިލުތަކުގެ އަޣުލަބިއްޔަތު ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު