ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޮނަދޫގެ 10 ގޮނޑި ޕީއެންސީއަށް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ލ. ފޮނަދޫ ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ފޮނަދޫ ކައުންސިލްގެ ފަސް ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަސް ގޮނޑިއާއެކު، ޖުމްލަ 10 ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުން ނެވެ.

އެގޮތުން ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި އަހުމަދު ރިޔާޞް އެވެ. ކައުންސިލް މެމްބަރުންގެ ގޮތުގައި އިންތިހާބުވީ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި އަހްމަދު މަމްދޫހު، އަބްދުއް ރަޢޫފް ޔޫސުފް، ވަރުދާ ހުސައިން އަދި އައިޝަތު އަޒީމާ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ކަމަށް އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު ރިޝްމާ އެވެ. އަދި އެ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި އިންތިހާބުވީ އައިމިނަތު ރާފިއާ، ޝަކީލާ އަލީ، އައިޝަތު ޒޫނާ އަދި މަލަކާ މޫސާ އެވެ.

އިންތިހާބުތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ވެރިކަންކުރާ ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ޑ ޑޮކު
އަދުރޭ ދާއިރާ ތަފާތުވާނެ

ގުޅުންހުރި

election

ވޭވަށު ވޯޓު އަލުން ގުނުމުންވެސް ނަތީޖާއަށް ބަދަލެއް ނާދޭ

ދެއްވަދޫން ކޮންގްރެސް ކެންޑިޑޭޓުން ބޮޑުކޮށް ކުރި ހޯދާ ދެވަނަ ދައުރެއް ކަށަވަރު ކޮށްފި

ތ. ގުރައިދޫ 10 ގޮނޑިވެސް ކޮންގްރެސްއަށް

މާޅޮހުން ފަސް ގޮނޑިވެސް ކޮންގްރެސްއަށް