ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކައުންސިލް އިންތިޚާބެއްގައި 73 އިންސައްތަ މީހުން ވޯޓުލާފައިވޭ

election

ހޮނިހިރު ދުވަހު ރާއްޖޭގައި ކުރިއަށްދިޔަ އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 73 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެޢެވެ.

ހޮނިހިރު ދުވަހު ރާއްޖޭގައި 3 ވޯޓެއް ނަގާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެވެ.

މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު 253،714 މީހަކަށް ލިބިފައިވާއިރު، އޭގެތެރެއިން 214،898 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 73 އިންސައްތަޢެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މީގެކުރިން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކާއި އަޅާބަލާއިރު އެންމެ ގިނަ ބަޔަކު ވޯޓްލާފައި ވަނީ މި ފަހަރުކަމަށެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ ގޮނޑިތަކާއި ކައުންސިލް ރައީސްގެ މަގާމު ކާމިޔާބުކޮށްފައި ވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އަދި ގިނަ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމުވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. ސިޓީތަކުގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލް ގިނަ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ގިނަ ރައްޔިތުން ތާއީދުކޮށްފައި ވަނީ އިންތިޚާބުތައް އެއް ދުވަހެއްގައި ނުބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފޮނަދޫގެ 10 ގޮނޑި ޕީއެންސީއަށް

police

އިންތިޚާބުގެ ކަންކަމުގައި އާންމުން ދިން އެއްބަރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި

Mayor Athif

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ އާތިފް ދިފާއު ކޮށްފި

election

އިންތިޚާބާ ގުޅޭ 40 އަކަށް ޝަކުވާ އީސީއަށް ހުށަހެޅިފައިވޭ، ނަތީޖާއަށް އަސަރުކުރާ ޝަކުވާއެއް ނެތް