ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންތައްތައް ރަނގަޅުކުރާނަން: ރައީސް

muiz

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ ބަލައިގަންނަ ކަމަށާއި، ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވާ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ނަތީޖާ ބަލައިގަންނަނީ ފުރިހަމަ އިޙްތިރާމާ ޤަބޫލުކުރުމާ އެކު ކަމަށެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންތައްތައް، ﷲ ގެ ވާގިފުޅާ އެކު ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދެއްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި މި އިންތިހާބަކީ، 2008 ވަނަ އަހަރު ރާއްޖޭގައި ގިނަ ޕާޓީ ޑިމޮކްރަސީ ތަޢާރަފްވި ފަހުން ތިން ވޯޓެއް އެކުގައި ހިމެނިގެން ބޭއްވި ތާރީޚީ ވޯޓެކެވެ. ރައްޔިތުން ވޯޓު ދިނީ ލޯކަލް ކައުންސިލް ގޮޑިތަކަށާއި، ޑަބްލިޔޫ.ޑީ.ސީ ގޮޑިތަކަށާއި، ރިޔާސީ އިންތިހާބާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭ ޤާނޫނު އަސާސީ އިސްލާހާ ދޭތެރޭ ހިޔާލު ހޯދުމަށެވެ.

ވޯޓުލުން ހެނދުނު 8:00 ގައި ފެށި ނަމަވެސް، ހޫނުކަމާ ދިގު ކިއުތަކާ ހެދި ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ވަންދެން ދިގު ކުރިއެވެ. ނަތީޖާތައް ދެއްކި ގޮތުގައި، ޢާންމު ވޯޓުގައި ބޮޑު ބައެއް ދެ އިންތިހާބު އެއް ދުވަހެއްގަ ބޭއްވުމާ ދެކޮޅެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

saudi Arabia muiz

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން އުމްެރާއަށް ވަޑައިގަންނަވަނީ

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ