ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެއްލުނު ޕައިލެޓް ނުފެނިގެން އެމެރިކާ ސިފައިން އެންމެފަހުން އެ ސަރަހައްދަށް ބޮންއަޅަން ފަށައިފި

STO_Ads
TTH_Ads
Advertisement

އީރާނު ސިފައިން ހަމަލާދީ ވައްޓާލި އެމެރިކާގެ އެފް-15 ފައިޓަރ ޖެޓުގެ އެއް ޕައިލެޓް ފުންމާލި ސަރަހައްދަށް އެމެރިކާއާއި އިސްރާއީލުން ވަރުގަދައަށް ބޮންއަޅަމުންދާ ކަމަށް އީރާނު ދައުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އީރާނުގެ ތަސްނިމްއާއި، ފާރސް ނޫސް އޭޖެންސީންވެސް މިކަން ރިޕޯޓް ކޮށްފައި ވެއެވެ.

ފައިޓަރ ޖެޓުގެ އެއް ޕައިލެޓު އެމެރިކާ ސިފައިން ސަލާމަތް ކޮށްގެން ގެންގޮސްފައި ވާއިރު، ދެވަނަ ޕައިލެޓް ހޯދުމަށް އެމެރިކާއިން ކުރި މަސައްކަތުން އޭނާ ފެންނަ ގޮތެއް ނުވިއެވެ.

HajjCop_ads
Advertisement

އެމެރިކާއިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޕައިލެޓް މަރާލަން ކަމަށާއި، އެހެންވެ، އެމެރިކާއާއި އިސްރާއީލުން އެ ސަރަހައްދަށް ވަރަށް ވަރުގަދައަށް ބޮންއަޅަމުންދާ ކަމަށް އީރާނު ސަރުކާރުގެ އޮފިޝަލުން ވިދާޅުވެއެވެ.

ޕައިލެޓް ހުރި ކަމަށް ބެލެވިގެން ވަރުގަދައަށް ބޮންއަޅަމުން ގެންދަނީ ކޮހްގިލުޔޭ ޕްރޮވިންސްގެ ބްލެކް މައުންޓެއިން ސަރަހައްދަށް ކަމަށާއި، އެމެރިކާގެ ބޭނުމަކީ ޕައިލެޓް ދިރިހުއްޓާ އީރާނުގެ އަތުގައި ޖެހުނަނުދިނުން ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

ކޮހްގިލުޔޭ ޕްރޮވިންސްގެ ގަވަރަންރަ ވިދާޅުވީ، އެމެރިކާ އަދި އިސްރާއީލުގެ ހަމަލާތަކުގައި އެ ސަރަހައްދުން މިހާތަނަށް 3 މީހުން މަރުވެ، ދެމީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އެމެރިކާގެ ޕައިލެޓް އީރާނު އަތްދަށުވިޔަ ނުދޭން އެމެރިކާއިން މަސައްކަތް ކުރަމުން ގެންދަނީ، ޕައިލެޓް އަތުލައިގަނެ އޭނާގެ ބަދަލަށް އީރާނުން ބޮޑެތި ކަންތައްތަކަށް ޑިމާންޑް ކޮށްފާނެތީ އެކަމުގެ ބިރަށެވެ.

ޕައިލެޓް ފެނޭތޯ އެމެރިކާ އަސްކަރިއްޔާގެ ޚާއްސަ ފައުޖެއް އީރާނުގެ ވައިގެ ސަރަހައްދުގެ ތެރޭގައި މިހާރުވެސް ހަރަކާތްތެރި ވަމުންދާ ކަމަށާއި، ހެލިކޮޕްޓަރުތަކާއި، ޚާއްސަ މަތިންދާ ބޯޓުތައް ވަރަށް ތިރިން އުދުހެމުންދާ ކަމަށް ވެއެވެ. އަދި އީރާނުގެ ބިމަށް ފައިބައިގެންވެސް ގްރޫޕެއް އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ޕައިލެޓް އަދިވެސް ފެންނަގޮތެއް ނުވެއެވެ.

އެމެރިކާގެ ޚާއްސަ ފައުޖަށް އަމާޒުކޮށް އީރާނުގެ ބަސީޖް ލަޝްކަރާއި، އައިއާރްޖީސީން ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބައެއް ތަޖުރިބާކާރުން ބުނަނީ، އެމެރިކާގެ ދެވަނަ ޕައިލެޓް މިހާރު ވީ އީރާނު ސިފައިންގެ އަތްދަށުގައި ކަމަށްވުން ވަރަށް  ގާތް ކަމަށެވެ. ސަބަބަކީ، ފުރަތަމަ ޕައިލެޓް އެމެރިކާ ސިފައިންނަށް ހޯދުނީ އިމަޖެންސީ ލޮކޭޓަރ މެދުވެރިކޮށް ކަމަށްވެފައި، ދެވަނަ ޕައިލެޓުގެ ލޮކޭޓަރ އޮފްކޮށްފައި ވުމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި