ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާދީއްތަ އަދި ހޯމަ ދުވަސް ސަރުކާރު ބަންދު

raees Office

އާދީއްތަ އަދި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސްކަމަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީީހުން ބުނީ އަންނަ އާދީއްތަ އަދި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ. އެގޮތަށް ހަމަޖެއްސެވީ މިއަދު ކުރިއަށްދިޔަ އިންތިޚާބުގެ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސަރވިސްގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގަތުމުންކަމަށެވެ. އަދި އިންތިޚާބަށް ފަހުގައިވެސް އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ އޭޕްރީލް 6 ވާ ހޯމަ ދުވަސްވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަދު ބޭއްވި ތިން ތިންތިޚާބުގެ ނަތީޖާ މިހާރު ވަނީ އިއުލާންކުރަން ފަށާފައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ހަވީރު 4:00 ޖެހުމާ ހަމައަށް %60 އަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

adam azim

މާލޭގެ މޭޔަރުކަން އާޒިމް ދިފާއު ކުރައްވައިފި

police

އިންތިޚާބުގެ ކަންކަމުގައި އާންމުން ދިން އެއްބަރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި

Mayor Athif

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ އާތިފް ދިފާއު ކޮށްފި

election

އިންތިޚާބާ ގުޅޭ 40 އަކަށް ޝަކުވާ އީސީއަށް ހުށަހެޅިފައިވޭ، ނަތީޖާއަށް އަސަރުކުރާ ޝަކުވާއެއް ނެތް