ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕަށް ގޮންޖަހައި، އީރާނުން ތެލް އަވީވާއި އީލާތުގެ އަސްކަރީ އެތައްތަނެއް ބިމާހަމަކޮށްލައިފި

އީރާނުން ތެލް އަވީވަށް ރޭގައި ދިން ހަމަލާތަކުގެ މަންޒަރެއް

އިސްރާއީލުގެ ތެލް އަވީވަށާއި، އީލާތަށް ދިން ވަރުގަދަ ހަމަލާތަކުގައި އަސްކަރީ އެތައް ތަނެއް ބިމާހަމަ ކޮށްލާފައިވާ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން އިއުލާން ކޮށްފިއެވެ.

އައިއާރްޖީސީން ވަނީ، ރެއާއި އަދި ފަތިހު، އެތައް ބުރެއްގެމަތިން އިސްރާއީލުގެ ސިޓީތަކަށް ދިން ބެލިސްޓިކް މިސައިލާއި، ޑްރޯން ހަމަލާތަކުގެ ތަފްސީލް ހާމަކޮށްފައެވެ.

އީރާނުން މިހާރުވެސް ގެންދަނީ އިސްރާއީލުގެ އެކި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ތެލް އަވީވަށް ފަތިހު ދިން މިސައިލް ހަމަލާތަކުގައި އިސްރާއީލުގެ ޖާސޫސީ އިދާރާ- މޮސާޑުގެ މަރުކަޒެއް ވަނީ ގޮއްވާލާފައެވެ. މީގެއިތުރުން، އިސްތިއުމާރީ ސިފައިންގެ ބޭހެއްވެސް އީރާނުންވަނީ ގޮއްވާލާފައެވެ.

އީރާނުގެ މިސައިލް ހަމަލާތަކުގައި، ތެލް އަވީވްގެ މައި ހައިވޭއެއްވެސް ވަނީ ގޮއްވާލާފައެވެ.

އީރާނުގެ ގިނަ މިސައިލްތައް ވަނީ ސީދާ އަމާޒަށް ވާސިލްވެފައެވެ. އީރާނުގެ ހަމަލާތައް ހުއްޓުވަން އިސްރާއީލުގެ އަޔަން ޑޯމްވެސް އެކްޓިވޭޓް ކޮށްފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ، އީރާނުން ކުރިން ދިން ހަމަލާތަކުގައި އިސްރާއީލުގެ ޕަލްމަޝިމް އެއަރ ބޭހުގައި ހުރި އެއަރ ޑިފެންސް ސިސްޓަމްތައް ގޮއްވާލުމުންނެވެ.

އީރާނުން ރޭގައިވަނީ ތެލް އަވީވްގެ ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓަށް އަނެއްކާވެސް ހަމަލާދީ އެ ތަނުގައި ބޭނުންކުރާ ރާޑަރ ސިސްޓަމެއް ގޮއްވާލާފައެވެ.

މީގެއިތުރުން، އިސްރާއީލުގެ އުތުގައި ހުންނަ، އަސްކަރީ އުފެއްދުންތައް އުފައްދާ ރަފައެލް ފެކްޓަރީއަށްވެސް އީރާނުންވަނީ މިސައިލް ހަމަލާތަކެއްދީ ހަލާކުކޮށްލާފައެވެ. އެއީ، ޓްރަމްޕްގެ ދަނބިދަރި ކުޝްނަރގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ފެކްޓަރީއެކެވެ.

އީރާނުން ދެމުންގެންދާ ހަމަލާތަކުގައި ތެލް އަވީވްގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތައް ގޮވާ އަޑުފަށްގަނޑާއި، ބޮޑެތި އަލިފާންގަނޑުތައް އަރައިގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ.

ތެލް އަވީވާއި، އީލާތަށް މިހާރު ދެމުންގެންދާ ހަމަލާތަކުގެ ކުރިން އީރާނުންވަނީ ތެލް އަވީވަށާއި، ހައިފާއަށާއި، ބީރް ޝީބާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

މި ހަމަލާތަކުގައި ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެންނަ ފޮޓޯތަކާއި، ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އީރާނުން ހުއްޓާނުލާ އިސްރާއީލަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުން މިގެންދަނީ، އީރާނުގެ ހަމަލާ ދިނުމުގެ ގާބިލްކަން މުޅިން ނައްތާލެވިފައިވާ ކަމަށާއި، އީރާނުގައި މިހާރު ވައިގެ ލަޝްކަރެއް، ކަނޑުގެ ލަޝްކަރެއް އަދި އެއްގަމު ލަޝްކަރެއްވެސް ނެތްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައި ބުނެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުޝްމަނުންގެ ލޯތަކުން ވޭނުގެ އަސަރު ފެންނަންދެން، ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާނު އެއަރފޯސް ކޮމާންޑަރު

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި