ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފް ރޫމްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
އެތަނުގައި އަލިފާން ރޯވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފައެވެ.
އެ ވީޑިއޯތަކުން ފެންނަގޮތުގައި މުޅި އިމާރާތުގައި ވަނީ އަލިފާންރޯވެފައެވެ. ބެލެވޭގޮތުގައި އެ އިމާރާތް އިތުރަށް ބޭނުންކުރެވޭވޭ ވަރަށް މިހާރުވެސް އަނދާފައިވާކަމަށް ވީޑިއޯތަކާއި ފޮޓޯތަކުން ހާމަވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް ނޭނގެއެވެ.
ކިޔުންތެރިންގެ ހިޔާލު