ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުހިންމު މަސައްކަތެއް ކުރުމަށް ހިޔާގެ ބައެއް ޓަވަރުތަކުން މިރޭ ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެ

hiyaa flats

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހިޔާގެ ބައެއް ފްލެޓްތަކުން މިރޭގެ ވަގުތެއްގައި ފެނުގެ ހިދުމަތް މެދުކެނޑިގެންދާނޭކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

ޤައުމީ ފެންކުންފުނިން ބުނީ މި މަސައްކަތަކީ މީޓަރު ރޫމްތަކުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް ދެމެހެއްޓުމަށްޓަކައި ކުރާ މަރާމާތެއްކަމަށެވެ.

ފެނުގެ ހިދުމަތް މެދުކެނޑުމަށް ހަމަޖެހިފައިވަނީ ތަފާތު ތިން ވަގުތެއްގައި، ހިޔާގެ ވަކިވަކި ފްލެޓްތަކަކުންނެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ހިޔާ ފްލެޓް 2 ގައެވެ. މި ފްލެޓްގެ ގްރައުންޑް ފްލޯއިން ފެށިގެން 8 ވަނަ ފަންގިފިލާއާ ހަމައަށް މިރޭ މެންދަމު 00:00 އިން 00:30 އަށް ފެނުގެ ހިދުމަތް މެދުކެނޑޭނެއެވެ.

މަރާމާތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާނީ ހިޔާ ފްލެޓް 7 ގައެވެ. މި ފްލެޓްގެ 8 ވަނަ ފަންގިފިލާއިން ފެށިގެން 16 ވަނަ ފަންގިފިލާއާ ހަމައަށް ފެނުގެ ހިދުމަތް މެދުކެނޑުމަށް ހަމަޖެހިފައިވަނީ މެންދަމު 00:30 އިން 01:00 އަށެވެ. މި ވަގުތުތަކުގައި އެ ފަންގިފިލާތަކުގައި ދިރިއުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމް.ޑަބްލިއު.އެސް.ސީ އިން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ހިޔާ ފްލެޓް 10 ގެ 8 ވަނަ ފަންގިފިލާއިން ފެށިގެން 16 ވަނަ ފަންގިފިލާއާ ހަމައަށް ވެސް ހިދުމަތް މެދުކެނޑޭނެއެވެ. މި ފްލެޓްގައި މަސައްކަތް ކުރިއަށްދާނީ މެންދަމު 01:00 އިން 01:30 އަށެވެ. ކޮންމެ ސަރަހައްދަކުން ވެސް ފެނުގެ ހިދުމަތް މެދުކެނޑޭނީ ގާތްގަނޑަކަށް ބައިގަޑިއިރުގެ ވަގުތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 04 01 at 09.36.27

31 އަހަރުގެ ތެރޭގައި އެމްޑަބްލިޔުއެސްސީން ހޯދީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް!

mwsc

އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ފެން ބިލައް ފައިސާ ދައްކާއިލައިގެން ޢުމްރާ ދަތުރެއް

ބިލެތްފަހީގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ސިވިލް މަސައްކަތްތަކަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

އެމްޑަބްލިއުއެސްސީން އިއާދަކުރަނިވި ހަކަތައިން ފެން އުފައްދަނީ