ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޯޓިޒަމް ހުންނަ ކުދިންނަށްވެސް ހަމަހަމަ ފުރުޞަތު ހޯދައިދޭންޖެހޭ: ރައީސް

WhatsApp Image 2026 04 02 at 3.52.31 AM

އޯޓިޒަމް ހުންނަ ކުދިންނަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ދުނިޔޭގައި ފާހަގަކުރާ އޯޓިޒަމަށް ހޭލުންތެރިކުރުމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮންމެ މީހަކީވެސް އެމީހަކަށް ބޭނުންވާ އަޅާލުމާއި، އިހުތިރާމާއި، އުނގެނުމާއި ކުރިއެރުމުގެ ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭނެ މީހެއްކަމަށެވެ. މީގެ އިތުރުން މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު އެފަރާތްތަކަށް އޮންނަންޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގޭތެރެއާއި ސްކޫލްތަކުން ފެށިގެން މަސައްކަތުގެ މާހައުލާއި އާންމު ތަންތަނާ ހަމައަށް، އެންމެން ބައިވެރިކުރުމުގެ ސަގާފަތެއް އުފެދިގެންދަނީ ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި މާނަހުރި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް އެންމެ ތުއްތު އިރުން ފެށިގެން ދޭންޖެހޭ ފަރުވާ ނުވަތަ އަރލީ އިންޓަވެންޝަނާއި ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ހަމައެކަނި އެ ފަރުދުންނަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ އިޖުތިމާއީ އޮނިގަނޑު ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ސްކޫލްތަކުގެ އިންކްލޫސިވް އެޑިއުކޭޝަން އޮނިގަނޑު ނުވަތަ ހުރިހާ ކުދިން ޝަމިލްކޮށްގެން ކިޔަވައިދިނުމުގެ އޮނިގަނޑު ވަރުގަދަކުރުމަށާއި، މަސައްކަތްތެރިކަމުގެ ތަމްރީނުތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

2007 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން އޭޕްރީލް މަހުގެ 2 ވަނަ ދުވަހަކީ ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައެޅި ފަހުން، އޯޓިޒަމް ހުންނަ ފަރާތްތަކުގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ފުރިހަމައަށް ހޯދައިދިނުމަށާއި، މުޖުތަމައުގައި އެފަރާތްތަކުގެ ހަމަހަމަ ބައިވެރިވުން ކަށަވަރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

458654 0cd7fe3a e

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

DSC

ސުޕަރ މެޖޯރިޓީ ނިޒާމު މަޖިލީހުން ނެތިކޮށްލެވޭނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން: ރައީސް

455770 2db88851 f

މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާކަމުގައި ރައީސް ވިދާޅުވެއްޖެ

437711 1bafea91 d

އުންމީދަކީ ކައުންސިލް އިންތިޚާބާއެކު، ކައުންސިލްތަކުގެ ދައުރު ފުޅާވެ ހަރުދަނާވުން: ރައީސް