ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ: މުއްޠަލިބު

DSC
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިލެއްވުން

ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން، ޢިއްޒުއްދީން ފާލަމާހަމައަށް ތަރައްްީކުރާ ސަރަހައްދުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމަވާނެކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ބައްލަވާލައްވާފައެވެ. އޭގެފަހުން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެ ސަރަޙައްދުގެ އެއްގަމު ތޮށި 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާކަމަށެވެ. ބޮޑުތަކުރުފާނު މަގުގެ ކުރީގެ ސެގުމަންޓު ނިންމުމަށް 2 މަސް ދުވަސް ހޭދަވިކަން ފާހަގަކުރައްވާ މިހާރު ަރައްޤީކުރަނީ އޭގެ ދެގުނަކަމށާއި، އެ މަސައްކަތް 3 މަސް ދުވަހުގެތެރޭގައި ނިންމުމަށް މަސައްކަތްކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހެންވޭރު ޓަރމިނަލްއިން ފަށައިގެން، މަސްވެރިންގެ ޕާކާއި ހަމައަށް މި ސަރަޙައްދުގެ މަސައްކަތް 1 މަސްތެރޭގައި ނިންމުން އަމާޒަކީ. އަދި އިއްޒުއްދީން ފާލަމާހަމައަށް 3 މަސްތެރޭ ޖޫން ގެ ނިޔަލަށް ނިންމުން.

ޑރ. ޢަބްދުﷲ މުއްޠަލިބު/ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު

ވަޒީރު ވިދާޅުވީ ސިޓީ ގަރޑަން ކުރިމަތިން އޮންނަ ސަރަޙައްދުން މަގު ފުޅާކުރަން ބޭރަށް ޖައްސާ ސަރަޙައްދުގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އުޅަނދުތަކަށް ކައިރިކުރެވޭގޮތަށް ވަށައިގެން ކީވޯލް ޖަހާނެކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ ވިދާޅުވީ މިހާރު މަސައްކަތް ހިނގަމުންދަނީ ގިނަ އޮފީސްތަކެއް ހުންނަ ސަރަޙައްދެއް ކަމުން މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އާންމުންގެ ފުރިހަމަ އެއްބާރުލުމާއެކު ކަނޑައެޅިފައިވާ ތާރީޚުތަކަށް މަަސައްކަތް ނިންމޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށް ގެންދާ މި މަޝްރޫޢުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. އެ ސަރަހައްދު ނިންމައި ހުޅުވީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ. ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

458654 0cd7fe3a e

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

Original

ފްލެޓްދިނުމުގައި އިސްކަންދޭން ނިކަމެތީންގެ ދަފްތަރެއް އެކުލަވާލަނީ

dr muthalib

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހިންގަނީ އަލަށް ގެ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމަގު ފަހިކޮށްދިނުމަށް

MPL

ބާޒާރުމަތީ ބަނދަރަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓު ފޯރުކޮށްދެނީ