ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއިންތިހާބަކީ ރައީސަށް ޝުކުރުއަދާކުރުމަށް އޮތް ރަނުގެ ފުރުސަތެއް: ފަލާހު

mp falah

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރުގަދަ ހަދިޔާއެއް އެރުވުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ގޮވާލައްވައިފިއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް މުއިއްޒަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރައްވާ، ރައްޔިތުންގެ އަޑު އައްސަވާ ވެރިއެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުން އެދޭ ކަންކަން ފުއްދަވައިދެއްވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައީސްގެ މި މަސައްކަތްޕުޅުތަކަށް އިދިކޮޅު އެމްޑީޕީގެ ބޭފުޅުންވެސް ތައުރީފުކުރައްވާ ކަމަށް ފަލާހު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބަކީ ރައީސަށް ޝުކުރުއަދާކުރުމުގެ ގޮތުން ރަނުގެ ފުރުސަތެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ، މީގެ ކުރިން ބޭއްވި އެއްވެސް ލޯކަލް ކައުންސިލް އިންތިހާބެއް ސަރުކާރު ހިންގާ ޕާޓީއަކަށް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް، މިފަހަރުގެ އިންތިހާބު ޕީއެންސީން ބޮޑު ތަފާތަކުން ކާމިޔާބުކުރާނެ ކަމަށެވެ. އަދި ވޯޓލުމަކާ ނުލައި މިހާރުވެސް 70 ގޮނޑި ޕީއެންސީއަށް ކަށަވަރުވެފައިވުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް އުފާވެރި ހަބަރެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

މައްސަލަތަކަށް ޙައްލު ގެނެސްދީ، ނަތީޖާ ނެރެދޭނަން: މޫސާ ޢަލީ ޖަލީލް

DSC

ސުޕަރ މެޖޯރިޓީ ނިޒާމު މަޖިލީހުން ނެތިކޮށްލެވޭނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން: ރައީސް

ފަސްޓް ލޭޑީ، ކުޅުދުއްފުށި ސިޓީ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފި

Uchchu

މާލޭގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިޚާބުކުރުމަށް މަހުޖަނު އުއްޗު ތާއީދުކުރައްވައިފި