ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފި

Original

އަންނަ އަހަރުގެ ނިޔަލަށް، އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް މުދާ އެކްސްޕޯޓް ކުރުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، މިއަހަރާއި އަންނަ އަހަރަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން މިހާރު ދީފައިވާ ކަމަށެވެ.

އެގޮތުން ހުއްދަ ދީފައިވާ ތަކެތީގެ ތެރޭގައި ކުކުޅުބިސް، އަލުވި، ފިޔާ، ހަނޑޫ، ގޯދަން ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ހިމެނޭ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޚާއްސަ އެއްބަސްވުމެއްގެ ދަށުން، ދިވެހި ސަރުކާރުން ހުށަހެޅި މިންވަރަށް ބިނާކޮށް ދީފައިވާ ހުއްދައެކެވެ. އަދި މިއަހަރު ކަނޑައެޅިފައިވާ ކޯޓާގެ މިންވަރަކީ 1981 ވަނަ އަހަރު މި އިންތިޒާމު ހަމަޖެހުނު ފަހުން މިހާތަނަށް ދެވުނު އެންމެ މަތީ މިންވަރު ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ މުހިންމު ތަކެތި ކަމަށްވާ ހިލައާއި ހިލަވެލީގެ އިތުރުން، މި އަހަރުގެ ހަނޑުލުގެ ކޯޓާ ވަނީ ކުރީ އަހަރާ އަޅާބަލާއިރު 77 އިންސައްތަ އިތުރުކޮށްދީފައެވެ.

މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން، މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި މި ތަކެތި އެކްސްޕޯޓް ކުރުމުގައި އިންޑިއާއިން އަޅާ އެއްވެސް ހުރަހެއް ނުވަތަ މަނާކުރުމެއް ނުހިނގާނެ ކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފައެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި މިއީ އެ ގައުމުގެ ‘ނެއިބަހުޑް ފަސްޓް’ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިންސާނީ ވަސީލަތްތަކާއި ތަރައްގީއަށް އެއްބާރުލުން ދިނުމަށް އިންޑިއާއިން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ އަދި ދިމާވާ ކޮންމެ ހާލަތެއްގައި ވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމެވެ.

ރާއްޖޭގެ ތަރައްގީގައި ވެސް އިންޑިއާ އަކީ މުހިންމު ބައިވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވާ ފަތުރުވެރިކަމުގެ ބޮޑު ހަރަކާތެއް އިންޑިއާގައި ބާއްވަނީ

Mussss

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަދާ އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައިފި

Mussss

އިންޑިއާއިން ދޭ 20 ސްކޮލާޝޮޕަށް ކުރިމަތިލާން ހުޅުވާލައިފި

އިންޑިއާ އިން އެހީގެ ގޮތުގައި މިއަހަރު ރާއްޖެއަށް ކަނޑައެޅީ 59 މިލިއަން ޑޮލަރު