ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިމާވެށްޓާ ރައްޓެހި ސޯލާ ފެރީތަކެއް ގެނެސް ޓެސްޓު ދަތުރުތައް ފަށަނީ

HEwSvlAbAAACc3U
STO_Ads
TTH_Ads
Advertisement

ތިމާވެށްޓަ ރައްޓެހި ސޯލާ ފެރީ ގެނެސް، އޭގެ އަޖުމަބެލުމުގެ ދަތުރުތައް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހައްދުންމަތީގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހައިސްޕީޑް ފެރީ ނިޒާމަކުން މުޅިރާއްޖެ ގުޅުވާލުމަށް މަސައްކަތް ކުރަމުން އަންނައިރު މި ޚިދުމަތް ހަރުދަނާގޮތެއްގައި ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރައްވާކަމަށެވެ. މި ޚިދުމަތުގައި ބޭނުންކުރަނީ ޒަމާނީ ފެންވަރުގެ ފެރީތަކެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި ފެރީތަކުގެ ތެތަލަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށެވެ.

އެހެންކަމުން އަދުގެ ހާލަތަށް ބަލާއިރުވެސް މި ފެރީ ނިޒާމަކީ ހަރުދަނާ އަދި ވީހާވެސް ތެޔޮ މަދުން ބޭނުންކުރާ ބާރު ދުވެލިީގައި ދުއްވާ އެއްޗެއްސަށް ހެދުމަށް މަސައްކަތް ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޠާރިޤް ވިދާޅުވީ މިހާރު ޚިދުމަތްދޭ ފެރީތަކުގެ އިތުރުން އެ މިނިސްޓްރީން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެރީ ދުއްވޭނެ ގޮތްތައް ބެލުމަށް މަސައްކަތް ކުރާކަމަށެވެ. އެގޮތުން ލަސްތަކެއް ނުވެ ސޯލާ ފެރީ ގެނެސް އަޖުމަ ބެލުމުގެ ދަތުރުތައް ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބައެއް ހިސާބުތަކުގައި އެ ފެރީ އަޖުމަ ބެލުމުގެ ގޮތުން ދުއްވަމުންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ޠާރިޤް ވަނީ ކުރިއަށް އޮތްތަނުގައި ސޯލާ ފެރީ ނިޒާމެއް ޤާއިމްކޮށް ފެށޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވެފައެވެ. ޚާއްސަކޮށް ކައިރި ރަށްރަށް ދަތުރުކޮށް ޚިދުމަތް ދެވޭނެ ގޮތަށް އެނިޒާމް ބައްޓަންކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

HajjCop_ads
Advertisement

2025 ވަނަ އަހަރު ބޭރުގެ ބައެއް ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި “އެޕޯލޯ” ގެ ނަން ދީފައިވާ، 75 ސޯލާ ހަރުކޮށްފައިވާ މި ފެރީއަކީ ކަނޑު ގަދަ ދުވަސްވަރު ވެސް ދުއްވޭ ގޮތަށް ބަންނަ ފެރީއެކެވެ. “ސީ ސްޓޭޓް 5” ނުވަތަ ކަނޑުގެ ރާޅުގެ އުސްމިން ހަތަރު މީޓަރަށް ހުންނަ އިރު ވެސް މި ދުއްވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ގާތްގަނޑަކަށް 75 މީހުންގެ ޖާގަޔާ އެކު ބަންނަ ފެރީގެ ސްޕީޑު ހުންނާނީ ގަޑިއަކު 8 ނޯޓިކަލް މޭލުގައެވެ. ރާއްޖެއަށް ބަންން އުޅަނދުގައި 50 ކިލޯވޮޓުގެ ދެ ބެޓަރީ ޕެކާއި 40 ކިލޯވޮޓްގެ ދެ އިންބޯޑް އިލެކްޓްރިކް މޯޓަރުން ކަރަންޓު އުފައްދައެވެ. އޭގައި ހިމެނޭ އިލެކްޓްރިކް ސްޓިއަރިން ސިސްޓަމްގެ ސަބަބުން މެއިންޓެނަންސް ކުރަންޖެހޭ މިންވަރު ދަށްވެއެވެ. އެ އުޅަނދުގެ މަތީގައިވާ 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމުން ބެޓެރިތައް ޗާޖުކޮށްދޭނެކަމަށް އޭރު ބުނެފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original

ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Screenshot 2026 04 11 at 20.58.42 1536x860

ފޯޅަވަހި ސަރަޙައްދަށް ބިންހެލުމެއް އަތުވެއްޖެ، ރާއްޖެއަކަށް އަސަރެއް ނުކުރާނެ

6192637100855856592

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

Ew

އީރާނުގެ ސުޕްރީމް ލީޑަރުގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނީ ޕްރޮޓޮކޯލް ބަދަލުވުމުން: ސަރުކާރު