ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 12 އަހަރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި

Mussss

ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި  މީހެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށާއި 100،000 އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފިއެވެ.

2026 މާރިޗު 25 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ކުމްކޮށްފައި ވަނީ ދަފްތަރު. ނަންބަރު ދރ 2069 / މާލެ، ޙަމްދޫން އަޙްމަދު (31އ) ގެ މައްޗަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލާގައި 2024 ފެބުރުވަރީ 7 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ޙަމްދޫން އަޙްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައި ވަނީ 2024 އޭޕްރީލް 17ވަނަ ދުވަހު އެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސާޖަންޓް އާދަމް ހަލީމް މަރާލިކަން ސަމާހުގެ މައްޗަށް އަނެއްކާވެސް ސާބިތުވެއްޖެ

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Mussss

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް