ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގައި ހުރި ބޭނުންނުކުރާ އެކައުންޓްތައް ބަންދުކުރަން ނިންމައި ތަފްސީލް ހާމަކޮށްފި

bml
ބީއެމްއެލް ހެޑް އޮފީސް —

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އެކައުންޓުތަކުގެ ތެރެއިން ޑޯމަންޓް އެކައުންޓް (މުޢާމަލާތް ނުކުރާ އެކައުންޓް) ގޮތުގައި ހުރި އެކައުންޓްތައް ބަންދުކުރުމަށް ނިންމައި، އެ އެކައުންޓުތަކުގެ ތަފްޞީލް ބޭންކުން އާންމުކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ބޭންކިންގ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން، ވިދިވިދިގެން ފަސް އަހަރުދުވަސް ވަންދެން، އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާނަމަ، އެ އެކައުންޓް ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައެޅޭ ކަމަށެވެ.

މިގޮތުން މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުޢާމަލާތެއް އެކައުންޓުގެ ވެރިފަރާތުން ކުރައްވާފައި ނުވާކަމަށް ބޭންކްގެ ރެކޯޑުތަކުން ދައްކާ ހުރިހާ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް އެކައުންޓާމެދު ޢަމަލުކުރަންވީ ގޮތެއް ބޭންކަށް އަންގަވައިދިނުމަށް އެދި މުހުލަތެއް ދެވި ކަސްޓަމަރުންނަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މިގޮތަށް އެންގުމަށްފަހު، ކަސްޓަމަރުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ، ބޭންކުން އެ ފަރާތްތަކުގެ ނަން ޑޯމަންޓް އެކައުންޓް ލިސްޓުގައި ހިމަނައި، މި ލިސްޓް ދުވަހުނޫސްތަކާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރުމަށާއި، ޝާއިޢުކުރެވޭތާ 60 ދުވަސް ހަމަވުމުން، މިފަދަ އެކައުންޓްތައް ބަންދުކުރުމަށްފަހު، މި އެކައުންޓުތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހަވާލުކުރުމަށް ޤާނޫނުގައި ބަޔާން ކުރެވިފައިވާ ކަމަށެވެ.
މިގޮތުން ބޭންކުން ވަނީ އެކައުންޓްތަކާމެދު ބޭންކުން ޢަމަލުކުރަންވީ ވަކިގޮތެއް އަންގައިފައިނުވާ ކަސްޓަމަރުންގެ ލިސްޓު އާންމުކޮށްފައެވެ. ބޭންކުން ޝާއިޢުކުރި ލިސްޓުގައި ޖުމުލަ 516 ޑޯމަންޓް އެކައުންޓް ހިމެނެއެވެ.

ބީއެމްއެލް އިން ވަނީ އެކައުންޓް އެކްޓިވޭޓް ކުރުމަށް ޓަކައި “މަޢުލޫމާތު ފޯމް” އާއި، އެކައުންޓް އެކްޓިވޭޓް ކުރުމަށް އެދޭ ސިޓީއެއް، ބޭންކްގެ ބްރާންޗަކަށް ހުށަހެޅުމަށް އެދިފައެވެ.

އަދި 1 ޖޫން 2026 ގެ ކުރިން އެކައުންޓުގައި ހުރި ފައިސާއާމެދު ޢަމަލުކުރަންވީ ގޮތެއް ނާންގައިފިނަމަ، ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، އެ އެކައުންޓުތައް ބަންދުކުރުމަށްފަހު، އެކައުންޓްތަކުގައި ހުރި ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ އޮތޯރިޓީއަށް ފައިސާ ހަވާލުކުރުމަށްފަހު، ފައިސާ ހޯދުމަށް “ޑޯމަންޓް އެކައުންޓްގައި ހުރި ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމް” ފުރިހަމަކުރުމަށްފަހު، ބީއެމްއެލްގެ ބްރާންޗަކަށް ހުށަހެޅުމުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ބީއެމްއެލް އިން ހުޅުމާލެ ފޭސް 2 ގައި އަޅާ 1،190 ފްލެޓްގެ ބިންގާ އަޅައިފި

87

ބީއެމްއެލް އިން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެ ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދީފި

ބީއެމްއެލް އަށް ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފި

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި، 2028ގެ މެދުތެރޭ ނިންމައިލެވޭނެ