ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ މިންވަރު އިތުރުވެފައިވާކަމަށް ރައީސް ވިދާޅުވެއްޖެ

458357 8300ed9c b

ވޭތުވެ ދިޔަ ދެތިން ހަފުތާއަށްބަލާއިރު، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ މިންވަރު އިތުރުވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެދުއިރުމަތީގައި ހަނގުރާމަ ހިނގަމުންދާ މި ޙާލަތުގައި، އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަން އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ދަނޑިވަޅުގައި ރާއްޖޭގައި އެ ދާއިރާއިން ވުނަކުރަން ޝައުޤުވެރިކަން އިތުރުވެފައިވާއިރު މި ފުރުޞަތުގެ ބޭނުންހިއްޕެވުމަށް އެދިވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހި ސަރުކާރުން ގެންގުޅުއްވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ކަމަށާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް، މި ހަނގުރާމައިގެ ޙާލަތުން ލިބިވަޑައިގެންފައިވަނީ އިތުރު ހިތްވަރެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ރާއްވަވާފައިވާ އިޖުތިމާޢީ މަޝްރޫޢުތަކަށް ވާނީ ކިހިނެއްތޯ ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، މި ފަދަ ދަނޑިވަޅެއްގައި ފަންޑިންގ އޭޖެންސީތަކުން އެ ފަރާތްތަކުގެ ތަރުތީބުތަކަށް ބަދަލުގެންނާނޭކަން ދެނެތިބެ، އަމިއްލަ ޤާބިލިއްޔަތު ހުރި މިންވަރަކުން، އަމިއްލަ ޤާބިލިއްޔަތުގައި ކުރެވޭ މަސައްކަތްތަކަށް އިސްކަންދޭންޖެހޭނޭ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއާ ގާތް، ރަޙުމަތްތެރި އެތައް ޤައުމަކުން، އެފަދަ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުގައި ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަނގުރާމައިގެ ޙާލަތުގައި އިޤްތިޞާދީ ލޮޅުންތައް އައިނަމަވެސް، އެޕްރީލް މަހުގެ 8 ވަނަ ދުވަހު ދައްކަން ޖެހޭ ސުކޫކު ދެއްކޭނޭ ޤާބިލިއްޔަތުވެސް މާލިއްޔަތުގައި އެބަހުރިކަމުގެ ޔަޤީންކަން، އެމަނިކުފާނު މިއަދުވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ނިމުމާއެކު ސަރުކާރުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ، ދޮގުކުރައްވާފައެވެ. އަދި ހަނގުރާމައާ ގުޅިގެން އެކުލަވާލައްވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީ މެދުވެރިކުރައްވައި، ސަރުކާރުން އަޅުއްވަން ގަސްދުކުރައްވާ ފިޔަވަޅަކަސް، ސިޔާސަތަކަސް، ހަފުތާއަކު އެއްފަހަރު ހާމަކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

458379 5a48a80a 6

އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ލިބޭ ދާއިރާތައް އަންނަ މަހުން ފެށިގެން ފުޅާވާނެ: ރައީސް

458374 7dd14a71 f

ގޯތި ދޫކޮށްލުމުން ފްލެޓް ލިބޭ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

DSC

ހުޅުމާލެއަށް ދޫކޮށްފައިވާ ގޯތިތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރަން ފަށަނީ

Q

ސަރުކާރުގެ އަމާޒަކީ ގައުމަށް ބޭނުންތެރި ހިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުން: ރައީސް