ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިއުކްލިއަރ ހުރިހާ ސާމާނެއް އެމެރިކާއާ ހަވާލުނުކޮށްފިނަމަ އީރާނު ގައުމެއްގެގޮތުގައި ނޯންނާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް “އެއަރފޯސް ވަން” ގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ:

އީރާނުގައި ހުރި ނިއުކްލިއަރ ހުރިހާ ސާމާނެއް އެމެރިކާއާ ހަވާލު ނުކޮށްފިނަމަ އީރާނުގެ ވެރިންނަށް އީރާނު ގައުމެއްގެ ގޮތުގައި ނޯންނާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.

އެއަރފޯސް ވަންގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، އީރާނުގައި ނިއުކްލިއަރ ހަތިޔާރު ހުންނަން އޭނާ ބޭނުންނުވާ ކަމަށާއި އީރާނުގެ ލީޑަރުން އެ އުންމީދުތައްވެސް ދޫކޮށްލާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައި ބުނެފައިވަނީ، އޭނާ ބޭނުންވަނީ އީރާނުގައި ހުރި ހުރިހާ ޔޫރޭނިއަމެއް ކަމަށާއި، އެމެރިކާއިން އެތަކެތި އަތުލާނެ ކަމަށެވެ.

އެއަރފޯސް ވަންގައި ހުރެ ޓްރަމްޕް ބުނީ، އެމެރިކާއިން އަންގާ ހުރިހާ ގޮތަކަށް އީރާނު އަމަލުކުރާނޭ ކަމަށާއި، އީރާނުގެ ވެރިން އެގޮތަށް އަމަލު ނުކޮށްފިނަމަ އީރާނުގެ ވެރިންނަށް ގައުމެއް ނުލިބޭނޭ ކަމަށާއި، އީރާނު ގައުމެއްގެގޮތުގައި ނޯންނާނެ ކަމަށެވެ.

އީރާނުން ފައްކާކޮށްފައި ހުރި ޔޫރޭނިއަމްއާއި ނިއުކްލިއަރ އެހެން ސާމާނު އެމެރިކާއާ ހަވާލު ނުކޮށްފިނަމަ އީރާނަށް ހަދާނެ ގޮތެއް ޓްރަމްޕް ނުބުނެއެވެ.

ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ސިފައިންގެ ޚާއްސަ ފައުޖަކާއި، ހަނގުރާމައިގެ މަނަވަރުތައް ސަރަހައްދަށް ގޮސް، މިހާރު ތައްޔާރުވަމުންދަނީ ޚަރްޖް އައިލެންޑާއި، ހޮރްމޫޒު ކަނޑުއޮޅި ހިފުމަށް ހަމަލާދޭން ތައްޔާރުވަމުންނެވެ.

އެމެރިކާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ޓްރަމްޕް ބުނީ، އީރާނަށް ހަމަލާދޭން އޭނާ ހަގީގަތުގައި އުޅެނީ އީރާނުގައި ހުރި ޔޫރޭނިއަމް އަތުލައިގަތުމަށާއި، އީރާނުގެ ތެލުގެމައްޗަށް އަތްގަދަކުރަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުޝްމަނުންގެ ލޯތަކުން ވޭނުގެ އަސަރު ފެންނަންދެން، ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާނު އެއަރފޯސް ކޮމާންޑަރު

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

އެމެރިކާގެ އެތައް މިލިއަން ބަޔަކު މަގުތަކަށް، ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ދަނީ ގޮވާލަމުން

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި