ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް ގެ ތާރީޙުގައި މާލީ ގޮތުން އެންމެ ކާމިޔާބު އަހަރަކީ ނިމިދިޔަ އަހަރު: ޝަރީފް

bml
ބީއެމްއެލް ހެޑް އޮފީސް —

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީޙުގައި މާލީ ގޮތުން އެންމެ ކާމިޔާބު އަހަރަކީ ނިމިދިޔަ އަހަރުކަމަށް އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ބޭންކުން ހޯދާފައިވާ ތާރީޚީ ކާމިޔާބީތަކާއި، ސްޓެރެޓެޖީއާ އެއްގޮތަށް ފުޅާކުރަމުންދާ ދާއިރާތަކާއި، ޑިޖިޓަލް ކުރިއެރުންތަކުގެ އިތުރުން ކަސްޓަމަރުންނާއި މުޖުތަމައަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކާފަ އެވެ.

“2025 ވަނަ އަހަރަކީ ހަމައެކަނި ރެކޯޑު އަދަދަކަށް ފައިދާ ލިބުނު އަހަރެއް ނޫން. އެއީ ގައުމީ ބޭންކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދައުރު ވަރުގަދަކޮށް، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް މާލީ ހިދުމަތްތައް ފުޅާކުރި އަހަރެއް،” ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ކާމިޔާބީ މިނެކިރެނީ ހަމައެކަނި މާލީ ނަތީޖާތަކުންނެއް ނޫން. އޭގެ ބަދަލުގައި ދިވެހިންގެ ދިރިއުޅުމަށާއި އަދި އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަރުވާ ވިޔަފާރިތަކަށް ކުރާ ހެޔޮ އަސަރުތަކުން. ” – ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

ބީއެމްއެލް އިން އާއްމުކޮށްފައިވާ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ އަހަރު ބޭންކުގެ ސާފު ފައިދާ 2.5 ބިލިއަނަށް އަރާފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރި އެރުމެކެވެ. މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ އެ ބޭނުންކުން ދޫކޮށްފައިވާ ލޯންތަކުގެ ޕޯޓްފޯލިއޯ 25 އިންސައްތަ އިތުރުވެ، 25.2 ބިލިއަން ރުފިޔާއަށް އިތުރުވުމުންނެވެ.

ބީއެމްއެލްގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އުފުލި، ކަސްޓަމަރުން ބެންކަށް ޖަމާކޮށްފައިވާ ފައިސާ ވަނީ 37.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މީގެ އިތުރުން ބޭންކުގެ ރިސްކް މެނޭޖްމެންޓުގެ އިތުރުން ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި 48.1 އިންސައްތާ ގައި ދެމެހެއްޓިފައި ހުރި ކެޕިޓަލް އެޑެކުއަސީ ރޭޝިއޯއާއި ލިކުއިޑީޓީ ޕޮޒިޝަނުންވެސް ބީއެމްއެލްގެ މާލީ ކާމިޔާބުކަން ސާބިތުކޮށްދެ އެވެ.

ބޭންކުގެ ސްޓެރެޓެޖީގެ މައިގަނޑު ތިން ތަނބު ކަމަށްވާ ޑިޖިޓަލް ޚިދުމަތްތަކަށް އިސްކަން ދިނުމާއި، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމުގެ އިތުރުން ދެމެހެއްޓެނިވި ޚިދުމަތްތަކެއް ކަށަވަރުކުރުމަށް ދޭ ސަމާލުކަމާ ގުޅޭ ގޮތުން ސީއީއޯވަނީ ، ވާހަކަދައްކަވާފަ އެވެ.

“ހަލުވިކަމާއެކު ބަދަލުވަމުންދާ ވެއްޓެއްގައި ބޭންކު އިތުރަށް ވަރުގަދަކުރުމަށް އަޅުގަނޑުމެން އިންވެސްޓް ކުރަމުން މިދަނީ މުސްތަގުބަލަށް. އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ގާބިލުކަން ފުޅާކޮށް، ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދިގު ރާސްތާގައި ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ އަދި އަޅުގަނޑުމެންގެ މުވައްޒަފުންނަށް އިންވެސްޓްކޮށް، ދިވެހީންގެ ބޭންކުގެ ގޮތުގައި ދެމިތިބުން.” – ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް

ބޭންކުގެ ކަސްޓަމަރުންނަށާއި، މުވައްޒަފުންނަށާއި، ހިއްސާދާރުން ކުރައްވާ އިތުބާރާއި ދެއްވާ އެއްބާރުލުމަށް ސީއީއޯ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބީއެމްއެލްގެ އެންމެ ހިދުމަތްތެރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި، 2028ގެ މެދުތެރޭ ނިންމައިލެވޭނެ

Shareef bml ceo

ބީއެމްއެލުން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި

Shareef bml ceo

ބީއެމްއެލްގެ ފުލެޓުތަކުގެ ކުލި 10,000 ރުފިޔާގައި ހިފެހެއްޓޭނެ ކަމަށް ލަފާކޮށްފި