ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ އެންމެ ހިދުމަތްތެރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.

ރޭ ބޭއްވި ބީއެމްއެލްގެ ސްޓާފް ނައިޓުގައި “އެމްޕްލޯއީ އޮފް ދަ އިޔާ” އެވޯޑް މިއަހަރު ހާސިލުކުރީ ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިސްބާހް އަބްދުއްރަޝީދުއެވެ.

“ލީޑަޝިޕް އެކްސެލެންސް އެވޯޑް” ހާސިލުކުރީ: ހެޑް އޮފް ޕްރޮޕަޓީ (ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަން) ޔުޒްނާ ނަސީމެވެ.

ރޭގެ ހަފްލާގައި ބޭންކުގެ ކުރިއެރުމަށާއި ދިގު މުއްދަތުގެ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއް ވެދީފައިވާ ފަސް މުވައްޒަފަކަށް ‘ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް’ ވަނީ ދީފައެވެ.

މި އެވޯޑު ހާސިލުކުރި މުވައްޒަފުންނަކީ:

  • މޫސާ މުންސިފް އަހުމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް
  • ހުޝާމް ސައީދު، ޑިރެކްޓަރު އޮފް ޓެކްނޮލޮޖީ
  • ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރު
  • ހަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު
  • އަދުލީ އަހުމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރު

އެ ހަފުލާގައި ބީއެމްއެލްގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރި މުވައްޒަފުންނަށް ޖުމުލަ 38 އެވޯޑެއް ދީފައިވެއެވެ.

އެ ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުގެ ކާމިޔާބީގެ ސިއްރަކީ މުވައްޒަފުން ކަމަށާއި މިދިޔަ އަހަރަކީ އެ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި، 2028ގެ މެދުތެރޭ ނިންމައިލެވޭނެ

Shareef bml ceo

ބީއެމްއެލުން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި

Shareef bml ceo

ބީއެމްއެލްގެ ފުލެޓުތަކުގެ ކުލި 10,000 ރުފިޔާގައި ހިފެހެއްޓޭނެ ކަމަށް ލަފާކޮށްފި

bml

ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސަންސް ހޯދަނީ