ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ތެހެރާނުގައި ހުންނަ އީރާން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޯލޮޖީއަށް ބޮންއަޅައި ގޮއްވާލާފައި:

އެމެރިކާއާއި އިސްރާއީލުގެ އުދުވާނީ ބާރުތަކުން އީރާނުގެ އެތައް ޔުނިވަރސިޓީއަކަށާއި، ރިސާޗް ސެންޓަރުތަކަށް އުދުވާނީ ހަމަލާދީ ވަނީ ހަލާކު ކޮށްލާފައެވެ.

އެމެރިކާއާއި އިސްރާއީލުން ހަމަލާދިން ޔުނިވަރސިޓީތަކުގެ ތެރޭގައި އީރާނުގެ އެންމެ ވަރުގަދަ ޔުނިވަރސިޓީތައް ކަމަށްވާ އިސްފަހާން ޔުނިވަރސިޓީ އޮފް ޓެކްނޯލޮޖީއާއި، ތެހެރާނުގައި ހުންނަ އީރާނުގެ އެންމެ ޝަރަފްވެރި އަދި އެންމެ ތާރީޚީ ޔުނިވަރސިޓީ ކަމަށްވާ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޯލޮޖީވެސް ހިމެނެއެވެ.

މީގެއިތުރުން، އީރާނުގައި އިންޖިނިއަރިންގެ މަތީ ތައުލީމު އުނގަންނައިދޭ އެންމެ ވަރުގަދަ ޔުނިވަރސިޓީ ކަމަށްވާ އާމިރްކަބީރު ޔުނިވަރސިޓީ އޮފް ޓެކްނޯލޮޖީއަށްވެސް، ދުޝްމަނުން ބޮންއަޅާފައި ވެއެވެ. އީރާނުން ބުނެފައިވަނީ ދުޝްމަނުން “އެތައް ޔުނިވަރސިޓީއަކަށް” ހަމަލާދީފައިވާ ކަމަށެވެ.

މީގެއިތުރުން، އީރާނުގެ އެތައް ރިސާޗް ސެންޓަރަކަށްވެސް ދުޝްމަނުން ބޮންއަޅާފައިވާ ކަމަށް އީރާނު ސަރުކާރުން ހާމަކޮށްފައި ވެއެވެ.

އީރާނުގެ ޔުނިވަރސިޓީތަކަށް ބޮންއެޅުމާ ގުޅިގެން އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރު – އައިއާރްޖީސީން މިހާރުވަނީ އިންޒާރު ނެރެފައެވެ. އިންޒާރުގައި ބުނެފައިވަނީ، ސަރަހައްދުގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅިފައިވާ ހުރިހާ ޔުނިވަރސިޓީއެއް އީރާނުން ރައްދު ހަމަލާ ދިނނުމަށް ޝަރުއީ އަމާޒަކަށް މިހާރު ވެފައިވާ ކަމަށެވެ.

ބަދަލުހިފުމުގެ ހަމަލާތައް އީރާނުން ފުރަތަމަ ދޭނީ ދެ ޔުނިވަރސިޓީއަކަށް ކަމަށް އައިއާރްޖީސީން ބުނެފައިވާއިރު، އެއީ ކޮން ދެ ޔުނިވަރސިޓީތަކެއް ކަމެއް ނުބުނެއެވެ.

ހުޅަނގު އޭޝިޔާގެ ގައުމުތަކުގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅިފައިވާ ހުރިހާ ޔުނިވަރސިޓީތަކުގެ ކިޔަވާކުދިންނާއި، ޕްރޮފެސަރުންނާއި، ސްޓާފުންނާއި އަދި ކައިރީގައި ދިރިއުޅޭ އާންމުންނަށް އަންގާފައިވަނީ، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ޔުނިވަރސިޓީތަކާ އެއް ކިލޯމީޓަރު ދުރުގައި ތިބުމަށެވެ.

މީގެއިތުރުން، އީރާނުގެ ޔުނިވަރސިޓީތަކަށް ދިން އުދުވާނީ ހަމަލާތައް، 30 މާޗް 2026 ވާ ހޯމަދުވަހުގެ އީރާނު ގަޑިން މެންދުރު 12 ގެ ކުރިން އެންމެނަށް އެނގޭގޮތަށް ރަސްމީކޮށް މައާފަށް އެދުމަށް އެމެރިކާއަށް ގޮވާލާފައިވެސް ވެއެވެ.

ދެ ޔުނިވަރސިޓީއަށް ހަމަލާ ދޭނޭ ކަމަށާއި، އެހެން ޔުނިވަރސިޓީތައް ސަލާމަތް ކުރަން ބޭނުންނަމަ މައާފަށް އެދުމަށް، އިންޒާރުގައި ވެއެވެ.

އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ އުދުވާނީ ބާރުތަކުން އީރާނުގެ ޔުނިވަރސިޓީތަކަށް އިތުރު ހަމަލާތައް ދީފިނަމަ، ސަރަހައްދުގެ ގައުމުތަކުގައި ހުރި އެއްވެސް ޔުނިވަރސިޓީއެއް، އީރާނުގެ ރައްދު ހަމަލާތަކުން ސަލާމަތް ނުވާނޭ ކަމަށްވެސް އިންޒާރުގައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނުގެ ޔުނިވަރސިޓީތަކަށް، ޚާއްސަކޮށް ސައިންސާއި ޓެކްނޯލޮޖީގެ ޔުނިވަރސިޓީތަކަށް އުދުވާނީ ހަމަލާތައް ދެމުންގެންދަނީ، އެ ދާއިރާތަކުން އީރާނު ކުރިއަރާ ގޮސްފައިވާތީ އެކަން ހަޖަމުނުވެގެން ކަމަށް، ބައެއް އެކްސްޕާޓުން ބުނެއެވެ.

އދގެ އިންސާނީހައްގުތަކާބެހޭ ކައުންސިލްގައި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އިހަށްދުވަހު ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނުގެ 600 އަށްވުރެ ގިނަ ސްކޫލަށް ބޮންއަޅާފައިވާ ކަމަށެވެ. އަދި އެ ހަމަލާތަކުގައި އެއްހާހަށްވުރެ ގިނަ ކިޔަވާކުދިން މަރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އީރާނުގެ ޔުނިވަރސިޓީތަކާއި، ރިސާޗް ސެންޓަރުތަކާއި، ސްކޫލްތަކަށް އެމެރިކާއާއި އިސްރާއީލުން ބޮން އަޅަމުން ގެންދާއިރު، އެއިން އެއްވެސް ޚަބަރެއް ހުޅަނގުގެ މީޑިއާއިން ނުފަތުރައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ އެތައް މިލިއަން ބަޔަކު މަގުތަކަށް، ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ދަނީ ގޮވާލަމުން

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި

ހުކުރު ދުވަހު މުހުލަތު ހަމަވާނެ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމާމެދު އަދި ގޮތެއް ނުނިންމަން: ޓްރަމްޕް