ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިގްތިޞާދަށް ހީނަރުކަން އަޔަސް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެ: ނައިބު ރައީސް

Q

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ އިގްތިޞާދަށް ހީނަރުކަމެއް އަޔަސް އަތޮޅުތަކުގެ ރަށްތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާޙަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ދަތިތަކާއެކުވެސް ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ދަތިނުވާގޮތަށް ސަރުކާރުން އިޤްތިސާދު މެނޭޖުކުރަމުން ގެންދާކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއި، ހިކުމަތްތެރިކަމުގެ ތެރެއިންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އެކި ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށްޓަކައި މި ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ.

“ކުރިން ވެރިކަންކޮށްފަހުރި ފަރާތްތަކުން ނަގާފަހުރި ލޯނުތައް ދެއްކުމަށްޓަކައި އެކި ދިމަދިމާލުން ފައިސާ ހޯއްދަވައިގެން ދައުލަތުގެ އިޤްތިސާދު މެނޭޖްކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް އެމަނިކުފާނު އަންނަނީ ކުރައްވަމުން. މިއީ ދިވެހި ރައްޔިތުންނަށް އިޚްލާސްތެރި ވެރިއެއްކަން އަޅުގަނޑު ކެރިގެން ދަންނަވަން” ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އިޤްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކީގަވެސް، މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤުތަކާއި ޒަރޫރީ ބޭނުންތަކުގެ އިތުރަށް، ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައްވެސް ކުރިއަށްގެންދަވަމުންދާކަމަށެވެ.

“މާޒީގަ ކަންކަން ހިނގާފައިވާގޮތަށް އަޅުގަނޑުމެން ލޯ ހުޅުވައި ބަލަން އެބަޖެހޭ، އަޅުގަނޑުމެންގެ ތަރައްޤީއަށް ހުރަސްއެޅިގެން މި އަންނަނީ ކިހާހިސާބަކުންކަން ވިސްނާ ފިކުރުކުރަން އެބަޖެހޭ. އަދުގެ ރައީސް އެ ހުރިހާ ދަތިތަކާ އެކީގަވެސް ރައްޔިތުންނަށް ކުރަންޖެހޭ އަސާސީ ހައްޤުތަކާއި ޒަރޫރީ ބޭނުންތަކުގެ އިތުރަށް މިފަދަ މަޝްރޫޢުތައް ކުރިއަށްއެބަގެންދަވާ ކުރިމަގަށްޓަކައި” ނައިބު ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް

452867 14cbb8f2 9

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު ނައިބު ރައީސް އިފުތިތާހުކޮށްދެއްވައިފި

448818 43e9be3c d

އިންޑިއާ އާއި ރާއްޖޭގެ ތާރީޚީ ގުޅުމުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ކުރޭ: ނައިބު ރައީސް

Ii

ނައިބު ރައީސް ފިޔޯރީއަށް ވަޑައިގެންފި