ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

Election commission

އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

ކުރިއަށްއޮތް އިންތިޚާބުގައި އަތޮޅުތަކުގައި ވޯޓުލުމަށް 347 މަރުކަޒެއް ހުންނާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ވާގޮތުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ކަނޑުމަގުންނާއި ވައިގެމަގުން އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތެރިވާ ހުރިހާ އޮފިޝަލުންނަށް ބޭނުންވާ ހުރިޙާ ތަކެއްޗާއި ވޯޓުފޮށިތަކުގެ އިތުރުން ވޯޓު ކަރުދާސްވެސް މި ތަކެތީގެ ތެރޭގައި ހިމެނޭއެވެ.

އިލެކްޝަނުން ވިދާޅުވީ، މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ރ، ތ، ލ، ގއ، ގދ، ސ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ. އަތޮޅަށެވެ.

މި އަތޮޅުތަކަށް އެކި ބެޗު ބެޗަށް ބަހާލައިގެން މި މަސައްކަތް ކުރިޔަށް ގެންގޮސް މި މަސައްކަތް މިރޭ ނިންމާލެވޭނެ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއްވައެވެ. އަދި ކ. އަތޮޅުގެ ރަށްރަށަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 އަދި 31 މި ދެދުވަހު ކަމަށް އެކޮމިޝަނުގެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤާނޫނު އޮތް ގޮތުން އިންތިޚާބުގައި ވޯޓުލާން އީ ފާސް ބޭނުން ނުކުރެވޭނެ: އިލެކްޝަންސް

Election commission

އިންތިޚާބުގެ އޮފިޝަލުންނަށް ރިފްރެޝަރ ސެޝަންތައް ފަށައިފި

Election commission

އިންތިހާބާބެހޭ މަރުކަޒު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި

އަަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަކަށް އަސަރެއް ނުކުރާނެ: އިލެކްޝަންސް