ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުގެ އަރަކް ނިއުކްލިއަރފެސިލިޓީއަށް އިސްރާއީލުން ބޮންއަޅަނީ:

އީރާނުގެ ނިއުކްލިއަރ ދެ ސައިޓަކަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައި ބޮޑެތި ގެއްލުންތައް ދިނުމާ ގުޅިގެން އީރާނުން ބަދަލު ހިފާނެ ގޮތެއް ނޭނގޭތީ ސަރަހައްދު ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާއި އިސްރާއީލުން ބޮންއަޅާފައިވަނީ އީރާނުގެ ޔަޒްދް ނިއުކްލިއަރ ފެސިލިޓީއަށާއި، އަރަކް ނިއުކްލިއަރ ފެސިލީޓީއަށެވެ.

މި ތަންތަނަށް ދިން ހަމަލާތަކުގެ ބަދަލު ވަރަށް ވަރުގަދައަށް ހިފާނޭ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީވަނީ، އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި ވައުދުވެވަޑައި ގެންފައެވެ.

އދގެ އެޓޮމިކް ހަތަކައާބެހޭ އިދާރާއިން ބުނެފައިވަނީ، އީރާނުގެ ނިއުކްލިއަރ ދެ ފެސިލިޓީއަށް ދިން ހަމަލާތަކަށްފަހު ރޭޑިއޭޝަން ލީކްވުމުގެ އަސަރެއް ނެތް ކަމަށެވެ.

ނިއުކްލިއަރ ދެ ފެސިލިޓީއަށް ބޮން އެޅުމުގެ އިތުރުން، އެމެރިކާއާއި އިސްރާއީލުންވަނީ އީރާނުގެ އިސްފަހާންއާއި، ޚުރްސަތަންގައި ހުރި ސްޓީލް ފެކްޓަރީތަކަށްވެސް ބޮންއަޅާފައެވެ.

އިސްފަހާންގައި ހުރި ސްޓީލް ފެކްޓަރީއަކީ މުޅި މެދުއިރުމަތީގައިވެސް ހުންނަ އެންމެބޮޑު ސްޓީލް ފެކްޓަރީއެވެ.

ސްޓީލް ފެކްޓަރީތަކަށް ދިން އުދުވާނީ ހަމަލާގެ ފަހުން އީރާނުގެ އިންގިލާބީ ލަޝްކަރުންވަނީ، ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ސިނާއީ މަސައްކަތްތަކުގެ ސައިޓްތަކާ ގާތުގައި ދިރިއުޅޭ އާންމުން ދުރަށް ދިއުމަށް އަންގާފައެވެ.

އެމެރިކާއާއި އިސްރާއީލުން އެންމެ ފަހުން މިރޭ ދިން އުދުވާނީ ހަމަލާތަކުގައި އިސްފަހާން ޕްރޮވިންސްގެ މުބާރަކީ ކައުންޓީގައި ހުރި ދެ އިންޖީނުގެއަކަށްވެސް ބޮންއަޅައި ހަލާކުކޮށްލާފައިވާ ކަމަށާއި، މުބާރަކީ ސްޓީލް ވޯކްޝޮޕަށްވެސް ބޮންއަޅައި ގެއްލުން ދީފައިވާ ކަމަށް އީރާނުން ބުނެއެވެ.

އިސްފަހާން ޕްރޮވިންސަށް ދިން ހަމަލާތަކުގައި އެކަނިވެސް 25 މީހުން މަރުވެފައިވާ ކަމަށާއި، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް، އެ ޕްރޮވިންސްގެ ގަވަރްނަރ މެހްދީ ޖަމާލްނެޖާދް ވިދާޅުވެފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށާއި، އިންޖީނުގެތަކަށް ދިން އުދުވާނީ ހަމަލާތަކަށް  ވަރުގަދަ އަދި ފުޅާ ރައްދުތަކެއް ދޭނޭ ކަމަށް އީރާނުން ވައުދުވެވައިވާތީ ސަރަހައްދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައި ވެއެވެ. އީރާނުގެ ރައްދު އަންނާނެ ގޮތެއް ނޭނގޭތީއެވެ.

އީރާނުގެ ރައްދު ހަމަލާތައް އަމާޒުވާނެ ކަމަށް އެންމެންވެސް ޔަގީންކުރާ އެއްތަނަކީ އިސްރާއީލު ޑިމޯނާއެވެ. އެއީ، އިސްރާއީލުގެ ނިއުކްލިއަރ ރިއެކްޓަރާއި އަދި ނިއުކްލިއަރ ދިރާސާތައް ކުރާ މަރުކަޒު ހުންނަ ސިޓީއެވެ.

އެންމެފަހުން ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުގައި، މުޅި އިސްރާއީލުން މިހާރު ދަނީ ނުރައްކާ އަންނަ ކަމުގެ ޑަނޑޫރާ ޖަހަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އީރާނުގެ ސްކޫލަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި

ހުކުރު ދުވަހު މުހުލަތު ހަމަވާނެ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމާމެދު އަދި ގޮތެއް ނުނިންމަން: ޓްރަމްޕް

އެމެރިކާއިން ގަލްފްގައި އަސްކަރީ ބޭސްތައް ގާއިމްކުރީވެސް އިސްރާއީލު ރައްކާތެރިކުރުމަށް: އީރާނުގެ ޚާރިޖީ ވަޒީރު