ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

Ui

ސިނަމާލެ ބުރިޖު ދަށުގައި ބިދޭސީންތަކެއް ދިރިއުޅެމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ބުރިޖު ދަށުގައި ބަޔަކު ދިރިއުޅެމުންދާ ބައެއް ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ބަލައި ފާސްކޮށްފައެވެ.

ފުލުހުން މިއަދު ބުނީ، އެ ސަރަހައްދު ބެލި ބެލުމުން ބައެއް ފަރާތްތަކުން އެތަން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެތަނުގައި އުޅެނީ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

އެކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

police

ސްކޭމްތަކުގައި ގެއްލުނު 1 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި