ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫސާ އަލީ ޖަލީލަށް ވޯޓުދެއްވުމަށް ގާސިމް އެދިވަޑައިގެންފި

Iu

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވާކަން، ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހާމަކުރައްވައިފިއެވެ.

ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލީލަކީ ގައުމީ ހިދުމަތުގެ ފަހުރުވެރި ރިކޯޑުތަކެއް އޮތް ބޭފުޅެއް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ދިފާއުގައި ޖަލީލުވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ. އަދި ޖަލީލަކީ ގައުމީ ޝަރަފް އަރުވާފައިވާ، ނިޝާން އަސްކަރީގެ އިއްޒަތުގެ ވެރިއެއްކަމަށް ގާސިމް ވިދާޅުވިއެވެ.

ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރުމަހު ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލައިން ގައުމު ސަލާމަތްކުރުމަށް، ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް ޖަލީލުގެ ގަދަފަދަ ގައުމީ އަޒުމު ސާބިތުކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.

“އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށް. ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު. ފަސްބައިގާ ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖުރިބާކާރު ޝަހުސިއްޔަތެއް” ގާސިމް ވިދާޅުވިއެވެ.

“މިހުރިހާ ހަގީގަތްތަކެއް މިހެން ހުރީތީވެ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަގަމަށް މޫސާ ޖަލީލަށްވުރެ ތަޖުރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި، ގާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން”

އެހެންކަމުން މާލޭގެ ރައްޔިތުން މޫސާ އަލީ ޖަލީލަށް ވޯޓުދެއްވުމަށް ގާސިމް އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

qasim ibrahim

ރަމަޟާން މަހުގެ އެހީއެއް ދޭކަމަށް ބުނެ ގާސިމްގެ ނަމުގައި ހިންގާ ސްކޭމަކަށް ސަމާލުވުމަށް އެދިއްޖެ

qasim ibrahim

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުންވެސް ރައްޔިތުންނަށް: ގާސިމް

Gasim ibrahim

ގައުމުގެ މަސްލަހަތަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ: ގާސިމް

މޫސާ އަލީ ޖަލީލުގެ މޭޔަރު ކެމްޕެއިން ޖަގަހަ ހުޅުވައިފި