ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

Oo

އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީ ކުރުމުގެ މަސައްކަތް މާލޭގައި ކުރަމުން ދާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ އެސްޓީއޯއިން ވަނީ އިތުރު 1500 ޓަނުގެ ސްޓޯރޭޖް މާލެ ސަރަހައްދުގައި ތަރައްގީކުރަން ފަށާފައިކަމަށާއި، މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިމޭނެ ކަމަށެވެ.

މިވަގުތު މާލޭ ސަރަހައްދުގައި އެސްޓީއޯއިން ބޭނުން ކުރަމުންދަނީ 1000 ޓަނުގެ ގޭސްސްޓޯރޭޖެކެވެ. އިތުރު 1500 ޓަނުގެ ސްޓޯރޭޖާއެކު 2 މަހާއި ބައިގެ ސްޓޮކް ގެންގުޅެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“މިއަހަރު ނިމެންވާއިރަށް އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖު ހެދުމުގެ މަސައްކަތް ކަމަށް އެސްޓީއޯއިން ވިދާޅުވަނީ. އޭރުން އަޅުގަނޑުމެންނަށް 2 މަހާއި ބައިގެ ސްޓޮކް ގެންގުޅެވޭނެ މާލެ ސަރަހައްދުގައި،” ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ރާއްޖޭގައި އެކަށީގެންވާ ވަރަށް ތެލުގެ ސްޓޮކު އެބަހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG

ރައީސް މުއިއްޒަށް ހުށަހަޅަން ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ

Oo

އާ ޝިޕްމަންޓެއް ލިބި، ގޭސް ލިބުމުގައި ދިމާވި ދަތިތައް ހައްލުވެއްޖެ: އެސްޓީއޯ

Iu

އާންމު ދަތުރުފަތުރަށް ވިއްކާ ތެލުގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

STO

ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތު ނެތް : އެސްޓީއޯ