ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަޖުރިބާކާރު ނިއުރޯ ސާޖަން ޑރ. އަނިޝް މާން ސިންހް ޓްރީ ޓޮޕުގައި ފަރުވާދެނީ

Oo

ނިއުރޯ ސާޖަރީ، ނިއުރޯ އޮންކޯ ސާޖަރީ، ނުވަތަ ސިކުނޑިއާއި ނާރުތަކާ ބެހޭ ނިޒާމަށް ޖެހޭ ކެންސަރުގެ ސާޖަރީއަށް ޚާއްސަ ޑޮކްޓަރު، ނޭޕާލްގެ ޑރ. އަނިޝް މާން ސިންހް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަން ފަށްޓަވައިފިއެވެ.

ނިއުރޯ އޮންކޮލޮޖީ އާއި ކުޑަކުދިންގެ ނިއުރޯ-ސާޖަރީއަށް ޚާއްސަ އަހައްމިޔަތުކަމެއް ދެއްވާ ޑރ. އަނިޝް މާން ސިންހަކީ ނިއުރޯ-ސާޖަރީގެ އިތުރުން، މައިބަދައިގެ އޮޕަރޭޝަނަށްވެސް ޚާއްސަ ޑޮކްޓަރެކެވެ.

ނިއުރޯސާޖަރީގައި ތޭރަ އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވައިފައިވާ ޑޮކްޓަރު ވަނީ މީގެ ކުރިން އުފަން ގައުމު ނޭޕާލްގެ ކަތުމަންޑޫ ނިއުރޯ ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރު ކަމާއި، އެ ގައުމުގެ ސްޓާ ހޮސްޕިޓަލުގެ ނިއުރޯސައިންސް ޑިޕާޓްމަންޓުގެ ހެޑުގެ މަގާމުވެސް ފުރުއްވައިފައެވެ.

ރާއްޖޭގައި މަސައްކަތް ފެއްޓެވުމާ ގުޅޭ ގޮތުން “ސަން”އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. އަނިޝް ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުގައި ބޮޑަށް އިސްކަން ދެއްވާނީ މައިބަދައިގެ ސާޖަރީއަށާއި ނިއުރޯ-އޮންކޯ ސާޖަރީއަށާއި، ބްރެއިން ޓިއުމާ ސާޖަރީއަށް ކަމަށެވެ.

ޗައިނާއާއި އެމެރިކާއާއި ޖަޕާނު ފަދަ ބޮޑެތި ގައުމުތަކުގައި ނިއުރޯސައިންސާއި ނިއުރޯ-އޮންކޯ ސާޖަރީން ތަމްރީނުތައްވެސް ފުރިހަމަކުރައްވާފައިވާ ޑޮކްޓަރު ވިދާޅުވީ، ނިއުރޯސާޖަރީ އަންނަނީ ދުވަހުން ދުވަހަށް ބަދަލުވަމުން ކަމަށެވެ. އެގޮތުން ޒަމާނީ ނެވިގޭޝަން ސިސްޓަމާއި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީތެރިކަމާއެކު ތަރައްގީވެފައިވާ ގައުމުތަކުން ނިއުރޯސާޖަރީގެ ޕްރޮސީޖާތައް ފުރިހަމަކުރަމުން އަންނަ ކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

މުސްތަގުބަލުގައި ރާއްޖެއަށް ވެސް މި ދާއިރާއިން ކުރިއެރުންތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ކުޑަކޮށް ފަޅައިގެން ހެދޭ ސާޖަރީ ނުވަތަ މިނިމަލީ އިންވޭސިވް އެންޑޮސްކޯޕިކް ސްޕައިން ސާޖަރީއާއި އެޕިލެޕްސީ ސާޖަރީގެ ޚިދުމަތް ދެވޭނެ ކަމަށާއި، ނިއުރޯސާޖަރީއާއި ނިއުރޯސައިންސްއިން ރާއްޖެ މިހާރު ވެސް ކުރިއަރަމުން އަންނަ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ޒަމާނާ އެއްވަރަށް ތަރައްގީވަމުން އަންނާނެ ކަމުގެ އުއްމީދު ފާޅުކުރައްވައި ޑރ. އަނިޝްވަނީ ދިވެހީންނަށް ވެސް ތައުރީފުކުރައްވައިފައެވެ. އެގޮތުން، ރާއްޖެއަކީ ހިތްހެޔޮ، ރަނގަޅު ރައްޔިތުންތަކެއް އުޅޭ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަނިޝްއަށް އެޕޮއިންޓްމެންޓް ހެދުމަށް ނުވަތަ ހޮސްޕިޓަލާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ޓްރީ ޓޮޕްގެ ނަންބަރު 3351610 އަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tree top

ޓްރީޓޮޕަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޑިސްކައުންޓްތަކެއް ދެނީ

tree top

ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ޚާއްސަ ކެމްޕޭނެއް

Image 20

ޓްރީ ޓޮޕް ހޮސްޕިޓަލްއިން ޑާރމައެސްތެޓިކް ޚިދުމަތްތަކުގެ ދަށުން ޕީއާރުޕީ ތެރަޕީ ތައާރަފުކޮށްފި

tree top

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހަށް ޚާއްސަކޮއްގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ‘ވެލް މޭލް ޕެކޭޖް’ އަށް %20 ޑިސްކައުންޓެއް