ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ރަނގަޅު ފުރުސަތެއް: އައުޝަން

Q

ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ރަނގަޅު ފުރުސަތެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަމުން އައުޝަން ވިދާޅުވީ އާންމުކޮށް ރާއްޖޭގެ ހިއްސާ ބާޒާރުގައި އެހެން ލިސްޓެޑް ކުންފުނިތަކުގެ ހިއްސާގެ އަގުތައް އުޅޭނީ ގާތްގަނޑަކަށް 40 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގައި ކަމަށާއި ބީއެމްއެލްގެ ހިއްސާއެއް އުޅޭނީ ގާތްގަނޑަކަށް 800 ރުފިޔާއަށް ކަމަށެވެ. އެހެންކަމުން އަލަށް ހިއްސާ ގަންނަން ބޭނުންވާ ޒުވާނަކަށް މިއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ. އެހެންނަމަވެސް މި ބަދަލާ އެކީގައި އަލަށް ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އައުޝަން ވިދާޅުވިއެވެ.

އައުޝަން ވިދާޅުވީ ހިއްސާގެ ބާޒާރުގައި ޒުވާނުންގެ ދައުރުފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ޓްރޭޑިންއާ ގުޅޭ ހުރިހާ ކަމެއް އޮންލައިން ކުރެވިފައިވާ ކަމަށެވެ. އަދި ހިއްސާ ގަނެވިއްކޭ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ ‘އިންފިނިޓީ’ އެޕް ނިންމުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ. އަދި މި ދާއިރާއިން ޒުވާނުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ލިބިފައި ހުރި އަދި މާކެޓަށް އިތުބާރު އޮތް ޒުވާން އިންވެސްޓަރުންގެ ޖީލެއް އުފެދިގެން އަސްލު މި މާކެޓް ކުރިއަށްއޮތްތަނުގައި ފުޅާ ކުރެވޭނީ” އައުޝަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިސޯޓް ނުވަތަ ގެސްޓްހައުސް ލިސްޓްކޮށް ޑޮލަރުން ހިއްސާދާރުންނަށް އާމްދަނީ ލިބޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށެވެ. އަދި ބީއެމްއެލްގެ މިސާލު ދައްކަވަމުން އައުޝަން ވިދާޅުވީ ލިސްޓްކޮށްފައިވާ ކުންފުނިތަކުން ވެސް ހިއްސާ އަށް މިފަދަ ފަހި ބަދަލުތަކެއް ގެނައުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސަންސް ހޯދަނީ

bml

ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ނިންމައިފި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު