ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކްސީ ލައިނަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވާން ސަރުކާރުން ހުޅުވާލައިފި

DSC

މާލެ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތުގައި މަސައްކަތްކުރަން ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީން ޓްރާންސްޕޯޓް މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.

އެމްޓީސީސީން މިއަދު ބުނީ މާލޭ ޓެކްސީ ލައިން ހިދުމަތާ ގުޅުމަށް ބޭނުންވާ ޕާޓްޓައިމް ޑްރައިވަރުންނަށް ޕޯޓަލް މެދުވެރިކޮށް ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލްގައި ރަޖިސްޓްރީވެވޭނެ ކަމަށެވެ.

އާންމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވެސް ވަނީ ޓެކްސީ ލައިނުގައި މަސައްކަތްކުރާނެ ޑްރައިވަރުން ހޯދަން އިއުލާނުކޮށްފައެވެ. އެ ހިދުމަތަށް 407 ޑްރައިވަރުން ބޭނުންވާ ކަމަށް އޭރު ކުރި އިއުލާނުގައިވެއެވެ. އަދި އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ.

ނަމަވެސް އެފަހަރު ކުރިމަތިލީ 366 ފަރާތެކެވެ. އެއީ ފުލް ޓައިމްކޮށް މަސައްކަތް ކުރުމަށް 188 އެޕްލިކޭޝަނަކާއި ޕާޓް ޓައިމްކޮށް މަސައްކަތްކުރަން ހުށަހެޅި 178 އެޕްލިކޭޝަނެކެވެ. އޭގެ ފަހުން ވަނީ ޑްރައިވަރުން ހޯދުމަށް ވޯކިން-އިންޓަވިއުއެއް ކުރިއަށް ގެންގޮސްފައެވެ.

ސަރުކާރުގެ ޓެކްސީލައިނުގެ ހޮޓްލައިން ނަންބަރު އިއްޔެ ވަނީ އިއުލާނުކޮށްފައެވެ. އެއީ 1655 އެވެ. ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. މި ހިދުމަތް ދޭން ހަމަޖެހިފައިވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރު ގައުމުތަކުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކާ އެއްގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 23 at 10.30.45

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރަނީ

448631 89f68b0e c

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅަނީ

457285 dee4c33b c

ޗައިނާ ކުންފުނީގެ ސައިޓަށް ވަޑައިގެން އެފޯޑަބަލް ހައުސިން މަޝްރޫއު ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

DSC

މުޖްތަމަޢުގައި ޑައުން ސިންޑްރޯމްގެ ހުންނަ ފަރާތްކަށް ހެޔޮކޮށް ހިތުމަކީ އިންސާނަކަށްވީތީ އުފުލަންޖެހޭ މަސްއޫލިއްޔަތެއް: ރައީސް