ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެޔޮ އެތެރެކުރަން ރާއްޖެއިން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހޭދަކުރި

Minister Thoriq Ibrahim

މިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ހަކަތަ އުފެއްދުމަށް ރާއްޖެއިން މުޅިންހެން ބަރޯސާވަނީ ބޭރުން ގެންނަ ތެލަށެވެ. އަދި މިދިޔަ އަހަރު އެކަނިވެސް ތެޔޮ އެތެރެކުރަން ކުރި ހޭދައަކީ ރާއްޖޭގެ ޖީޑީޕީގެ 10 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ތޯރިގު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓު ދިނުމަށް ދުވާލަކު 7،965 ފީފާގެ ޑީސަލް އަންދަން ޖެހޭ ކަމަށެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 2.9 މިލިއަން ފީފާގެ ޑީސަލްއެވެ. މީގެ އިތުރުން ކަރަންޓު އުފެއްދުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޮޓު، ރިސޯޓުތަކުގައި 298 މެގަވޮޓު އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 30 މެގަވޮޓުގެ ކެޕޭސިޓީ މިހާރު ގާއިމުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތެލަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމުގެ ގޮތުންނާއި ހަކަތައިގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިޔާދަކުރެވިނިވި ހަކަތަ ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށްދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

Izaam

ހަކަތައިގެ ދާއިރާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅުން ވަރުގަދަ ކުރުން މުހިންމު: ތޯރިގު

Image 20

ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މިނިސްޓަރު ތޯރިގު ޔޫއޭއީއާ މަޝްވަރާކުރައްވައިފި

އދ. ފަތުރުވެރިކަމުގެ ޖަމްޢިއްޔާގެ 26 ވަނަ ސެޝަންގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިޚާބުވެއްޖެ