ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮންމެފަދަ އެއްބަސްވުމެއް ހެދިޔަސް އިސްރާއީލުގެ މަސްލަހަތު ރައްކާތެރިކުރާނަން: ނަތަންޔާހޫ

މުޖުރިމު ނަތަންޔާހޫ

ހަނގުރާމަ ހުއްޓާލަން އީރާނާއެކު ހަދާ ކޮންމެ އެއްބަސްވުމެއްގައި އިސްރާއީލުގެ މަސްލަހަތު ރައްކާތެރި ކުރާނޭ ކަމަށް ބުނެ، އިސްތިއުމާރީ އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫގެ ވީޑިއޯ ބަޔާނެއް ނެރެފިއެވެ.

އޭނާ ބުނީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭގޮތުން އޭނާއާ އެމެރިކާގެ ރައީސާ ވާހަކަ ދައްކައިފި ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމުގެ ފުރުސަތެއް އޮތްކަމަށް ޓްރަމްޕް ދެކޭ ކަމަށެވެ. އަދި އެއީ އެމެރިކާއާއި އިސްރާއީލުގެވެސް މަސްލަހަތު ހިމާޔަތް ކުރެވިގެންދާނޭ އެއްބަސްވުމަކަށް ވާނޭ ކަމަށް ޓްރަމްޕް ބުނެފައިވާ ކަމަށްވެސް ނަތަންޔާހޫ ބުނެފައި ވެއެވެ.

ނަތަންޔާހޫ ބުނީ، އެއްބަސްވުމެއްގެ ވާހަކަ ދެކެވުނަސް އިސްރާއީލުން އީރާނަށާއި، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނޭ ކަމަށެވެ.

އިސްރާއީލުން އީރާނުގެ ނިއުކްލިއަރޕްރޮގްރާމާއި، މިސައިލްޕްރޮގްރާމްގެ ތަންތަނަށް ހަމަލާދީ ހަލާކުކޮށްލަމުން ގެންދާ ކަމަށްވެސް ނަތަންޔާހޫ ބުނެފައި ވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް ވާހަކަ ދައްކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް 5 ދުވަހުގެ މުހުލަތު ދީފައެވެ. ޓްރަމްޕަށް ރައްދުދެމުން އީރާނުން ބުނެފައިވަނީ، ޓްރަމްޕް ހުރީ އީރާނާ ވާހަކަ ދައްކަން މުހުލަތު ދެވޭފަދަ މަގާމެއްގައި ނޫން ކަމަށެވެ.

އޭގެކުރިން އެމެރިކާގެ ރައީސް ބުނެފައިވަނީ، އެމެރިކާއާއި އީރާނުން ވާހަކަ ދައްކާތާ ދެދުވަސް ވެއްޖެ ކަމަށެވެ. ޓްރަމްޕްގެ އެ ދައުވާ އީރާނުން ވަގުތުން ދޮގުކުރިއެވެ. އީރާނު ސަރުކާރުން ބުނެފައިވަނީ، އެމެރިކާއާ އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށެވެ.

އެހެން ނަމަވެސް، ހަނގުރާމައަށް ނިމުން ގެނައުމަށް ސައުދީ، ތުރުކީ، މިސްރު، ގަތަރު، އުމާން އަދި ޕާކިސްތާނުން މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންގިލާބީ ލަޝްކަރުން ބުނަނީ އީރާނުގެ ގާބިލްކަން އެމެރިކާއަށް ނޭނގޭކަމަށް، ވަރުގަދަ ކުރިމަތިލުމަކަށް ޓްރަމްޕް ތައްޔާރުވެއްޖެ

ޓްރަމްޕް ދިން މުހުލަތު ހަމަވާން ގާތްވަނީ، އީރާނު “ސުންނާފަތިކުރަން” އިސްރާއީލުވެސް ތައްޔާރުވަނީ

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން، ޓްރަމްޕް އީރާނަށް 48 ގަޑިއިރުގެ މުހުލަތު ދީފި

ޑިއެގޯ ގާސިއާއަށް ހަމަލާ ނުދޭކަމަށް އީރާނުން ބުނެފި: އަލްޖަޒީރާ