ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދޫގައި 50 ފްލެޓް އެޅުމާއި މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 23 at 21.21.26

ގދ. ތިނަދޫގައި އަޅާ 50 ފްލެޓާއި މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އާރުޑީސީއާ ހަވާލުކޮށްގެން ތިނަދޫގައި ހިންގާ މަގު ހެދުމުގެ މަޝްރޫ އާއި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް އެ ރަށުގައި 50 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އެ ދެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތިނަދޫގެ 50 މަގު ނުވަތަ 19.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ފެންހިންދާ ނިޒާމު ގާއިމްކުރާނެއެވެ. އެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި ނުވަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުގެ ދަށުން 50 ފްލެޓް އަޅަން ހަވާލުކޮށްފައި ވަނީ ސްވިފްޓް އިންޖީނިއަރިން ޕްރައިވެޓް ލިމިޑެޓްއާއެވެ. ތިން ކޮޓަރީގެ 50 ފްލެޓް އަޅަން ހަވާލުކުރީ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މީގެއިތުރުން މީގެކުރިން ތިނަދޫގައި އިމާރާތްކުރި 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ދިން މުއްދަތު ހަމަވި އިރު، 1،022 ފޯމު ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

009

ހަތަރު މީހުންގެ ގްރޫޕަކުން ވަދެ ހިންނަވަރު އިންޖީނުގޭގެ މުވައްޒަފަކަށް ހަމަލާދީފި

Q

މޯޗަރީ ކައިރީ ހުރި ގެއެއްގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

78

ރާއްޖެއަށް ހަ ކިލޯގެ ޑްރަގް އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

Oo

ބޮޑު ކަންނެލި މަސްވެރިންނަށް ތެލުން ސަބްސިޑީ ދޭން ނިންމައިފި