ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯޗަރީ ކައިރީ ހުރި ގެއެއްގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Q

މާލޭ ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ގަލޮޅު، ހުވަފެނީގޯޅީގައި ހުންނަ . ހިޔާ ރޯދީގައި ރޯވެފައި ވަނިކޮށް ފެނުނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހިޔާ ރޯދިގޭގައި އަލިފާން ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން، އެ ގެއަށް މީހަކު ވަންނަ މަންޒަރު ފެންނަ މަންޒަރު ސީސީޓީވީ ފްޓޭޖުން ފެނެއެވެ. އެ މީހާ އެގެއިން ނުކުމެގެންދާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ގޭގައި އަލިފާން ރޯވާ މަންޒަރު ވެސް ސީސީޓީވީ ފްޓޭޖުން ފެނެއެވެ.

އެ މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް މިއަދުވަނީ ފަސް ދުވަސް ޖަހައިފައެވެ. އެ މީހާ އެ ގެއަށް ވަދެ ނުކުމެގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އޭގެ ޓައިމްލައިން ލިބިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ލޯންޗު އެކްސިޑެންޓްގައި އަތްބުރިވި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް

66

ފްލައިޓް ތެރޭގައި ހަމަނުޖެހުން ހިންގި މީހާ ދޫކޮށްލައިފި

police

ޖިންސީ ކުށެއްގައި ދެ ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

Iu

ގުދަނުގައި ރޭ އަލިފާން ރޯވި މައްސަލައިގެ ޚާއްސަ ތަހުގީގެއް ފަށައިފި